އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ އެއީ ސިޔާސީ މަސައްކަތުގައި މަސައްކަތް ކުރައްވާނެ އެންމެ ފަހު ދުވަހަށް ވާނެކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސްކަން ގިނަ އަހަރުތަކަކަށް ކުރެއްވުމަށްފަހު އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ޞާލިހު އަތުން ބަލިވުމުން ރައީސް ނަޝީދު ވަނީ އެމްޑީޕީންވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. ރައީސް ނަޝީދު ގެންދަވަނީ ރައީސް ޞާލިހަށާއި، އެމްޑީޕީއަށް ހޫނު ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
ޑިމޮކްރެޓްސްގެ މެމްބަރުން ތިއްބަވާ ވަޓްސް އަޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި މިއަދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ އެމްޑީޕީއާއި މުޅި ރާއްޖޭގެ ރައްޔިތުންވެސް ނުހަނު ނިސްނުންތެރި ކަމާއިއެކު ވޯޓުލާން ޖެހޭ އިންތިޚާބެއް ކަމަށެވެ. އިދިކޮޅު ފަރާތްތައް ބައިބައިވެއްޖެ ނަމަ ފެނިގެން ދަނީ ރައީސް ޞާލިހު އިންތިޚާބު ނަގާތަން ކަމަށާއި، މިއިންތިޚާބު ރައީސް ޞާލިހު ކާމިޔާބު ކޮށްފިނަމަ އެއީ ސިޔާސީ މަސައްކަތުގައި މަސައްކަތް ކުރައްވާނެ ފަހު ދުވަސްކަމަޒށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު އެދެނީ ތިޔަ އެންމެހާ ފަރާތްތަކުގެ އެއްބާރުލުމަށް. ބައިބައިވެއްޖެ ނަމަ އަޅުގަނޑަށް ފެންނަނީ މާފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނަގާތަން. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބުކުރާ ދުވަސް ވެގެން ދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ އެންމެ ފަހު ދުވަހަށް.
– ނަޝީދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށްފަހު އެމަނިކުފާނު ކުރިން އުޅުއްވި މިހާރުގެ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ރޫޅާލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވައުދުވެވަޑައިގެންފައެވެ. އެމްޑީޕީގެ އެއް ބާނީ ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ޖެހުނު ސިޔާސީ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް ޖޫން 21، ގަ އެވެ. އެއިރު އެމަނިކުފާނުގެ އަރިސް ބޭފުޅުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރައްވަނީއެވެ.
ޑިމޮކްެެޓްސްގެ ފަރާތުން މިއިންތިޚާބުގައި ވާދަ ކުރައްވަނީ އިލްޔާސް ލަބީބެވެ. ރައީސް ނަޝީދު ގެންދަވަނީ އިލްޔާސަށް އިންތިޚާބު ކާމިޔާބު ކުރުމަށް ކެމްޕޭންވެސް ކުރައްވަމުންނެވެ.
2 Responses
ކަލޭ ތިހެން ކިތައްފަހަރު ސިޔާސީ ކަންކަމުން އެއްކިބާ ވެފައިހުރިމީހެއްތީ
ތިޔައީ ހާދަ އުފާވެރި ނިންމުމެކެވެ. މިތިބީ ތިޔަ ދުވަސް ދެކޭ ހިތުން ކެތް މަދުވެފައެވެ. ތިޔައީ މިހާރު މި ގައުމަށް ދިމާވެފައި އޮތް ބޮޑު ބުރައެއް އަދި މުސީބާތެކެވެ. އެކަމަކުވެސް ތިޔަ ދުލުން ތެދެއް ހަދާފާނެކަމަކަށް ގަބޫލެއް ނުކުެރެވެއެވެ.