ރިޔާސީ އިންތިޚާބުގައި ވޯޓުލާން އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމުގެ މުއްދަތު ބުދަ ދުވަހުގެ ނިޔަލަށް އިތުރުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ކުރިން އިއުލާން ކޮށްފައިވާ ގޮތުން، އެ މުއްދަތު ހަމަވާނީ މިރޭ 12 އަށެވެ.
އީސީން ބުނީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އޮންލައިންކޮށް ހުށަހެޅުމުގެ ވަގުތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިފަހަރު ރީޖެސްޓްރީވުމުގެ ފުރުޞަތު ދެ ގޮތަކަށް އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ. އެއީ އޮންލައިންކޮށާއި، ފޯމު ހުށައަޅައިގެންނެވެ. އެގޮތުން ފޯމު މެދުވެރިކޮށް ރީ ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ސެޕްޓެމްބަރު ނުވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 282،672 މީހުންނަށް ވަނީ ލިބިފަ އެވެ.
ކޮމެންޓު ފޮނުވާ