އޭޑީކޭ ހޮސްޕިޓަލުން ޕެޓް ސްކޭންގެ ހިދުމަތް ދޭން ފަށައިފި

އޭޑީކޭ ހޮސްޕިޓަލުން ޕެޓް ސްކޭންގެ ހިދުމަތް ދޭން ފަށައިފި

Author
އަޒްފާ ރަޝީދު
27 ޖުލައި 2023 05:14
0

ކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭންގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ތައާރަފްކޮށް، އެ ހިދުމަތް ދޭން ފަށައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލްއިން ހާމަކޮށްފައިވާ ގޮތުގައި މި ހިދުމަތް ބޭނުންވާ މީހުންނަށް އެ ހޮސްޕިޓަލުން ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ.

އެ ހިދުމަތަށް މި ވަގުތު ނަގަން ނިންމާފައި ވަނީ 7،500ރ. އާއި 8،500ރ. އާ ދެމެދުގެ އަގެކެވެ.

ނަމަވެސް އާސަންދަ އާއި އެންސްޕާ މެދުވެރިވެގެން އެ އަގު ކުޑަ ކުރެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ. އަދި ގިނަ ގޮންޖެހުންތަކަކާ އެކު ވެސް، ޕެޓް ސްކޭންގެ ހިދުމަތް ފެށުމުން ރާއްޖެ އިން ބޭރަށް މީހުން ދާން ޖެހޭ ދިއުން ނިމުމަކަށް އަންނާނެ ކަމަށް ގަބޫލު ކުރެވޭކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އޭޑީކޭ އިން ވަނީ ޕެޓް ސްކޭންއަށް ހާއްސަ ޑިޕާޓްމެންޓެއް ގާއިމް ކޮށް، އެތަނުގައި އެ އެކަމަށް ބޭނުންކުރާ ބޭހާއި އެހެނިހެން ތަކެތި ގެންގުޅޭނެ ނިޒާމެއް ވެސް ގާއިމްކޮށްފައެވެ.

ޕެޓް ސްކޭނަށް އެޕޮއިންޓްމެންޓް ހެދުމުން ކަނޑައެޅޭ ވަކި ދުވަހެއްގައި ނިޔުކްލިއާ ފިޒިޝަނަކަށް ދައްކަން ޖެހޭނެއެވެ. އަދި ބަލިމީހާއަށް ނިއުކްލިއާ ޓްރޭސާ މެޓީރިއަލް ދޭނެ މިންގަނޑު ކަނޑައަޅާނީ ސިއްހީ ކަންތައްތަކަށް ބެލުމަށް ފަހު ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޕެޓް ސްކޭން ހެދުމަށް އާސަންދައިން ކޮންމެ އަހަރަކު ވެސް 1،000 އެއްހާ މީހުން ބޭރަށް ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.