އެމްޑީޕީގެ ސިޔާސަތުތައް ގޯސްކަމަށް ބުނެ، އެމްއާރުއެމްއިން ނިންމީ އެމްޑީޕީއާއެކު ކޯލިޝަން ނުހެދުމަށް

އެމްޑީޕީގެ ސިޔާސަތުތައް ގޯސްކަމަށް ބުނެ، އެމްއާރުއެމްއިން ނިންމީ އެމްޑީޕީއާއެކު ކޯލިޝަން ނުހެދުމަށް

Author
ހުސެއިން
27 ޖުލައި 2023 09:12
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް މީގެ 3 މަސްކުރިން ރައީސް ސާލިހު އެޕާޓީއަށް ދިން ދައުވަތު ގަބޫލު ނުކުރުމަށް ނިންމާފައިވާކަން އެމްއާރުއެމްއިން ހާމަ ކޮށްފިއެވެ.

އެމްޑީޕީއާއެކު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މަސައްކަތް ނުކުރުމަށް ނިންމާފައިވާކަން ހާމަކޮށް އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް ރައީސް ސާލިހު ރައީސް މައުމޫނަށް ދެއްވި ދައުވަތާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސްވެރިންނާއެކު ބައްދަލު ކޮށްފައިވާކަމުގައެވެ. އަދި ނުރަސްމީކޮށް ލިޔެކިޔުމުންވެސް މަޝްވަރާކޮށް އެމްއާރުއެމްއިން ތާއީދުކުރާ ސިޔާސަތުތައް ހާމަކޮށްފައިވާކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިގޮތުން މޭމަހުގެ 1 ވަނަ ދުވަހު އެމްއާރުއެމްގެ އޮފީހުގައި އެމްޑީޕީއާއެކު ބޭއްވި ބައްދަލުވުމަށްފަހު، އެމްޑީޕީގެ ހުށަހެޅުންތައް އެމްއާރުގެ އެކްސްކޯއަށް ހުށަހެޅުމުން، އެމްޑީޕީގެ ބައެއް ސިޔާސަތުތަކަށް އެއްބަސް ނުވެވޭތީ، އެކްސްކޯގެ 10 ވަނަ ބަދަލުވުމުން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހެދުމަށްކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް އެޕާޓިއަށް އެއްބަސް ނުވެވެނީ އެމްޑީޕީގެ ކޮން ސިޔާސަތަކަށް ކަމެއް ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

އެމްއާރުއެމްއަކީ، ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބެންޖެހޭ އަދަދަށް މެމްބަރުން ހަމަ ނުކުރެވިގެން، އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައިވާ ޕާޓީއެކެވެ. އެހެންނަަމަވެސް އެޕާޓީން ކޯޓަށް ދިއުމުން، ކޯޓުގެ ވަގުތީ އަމުރަކުން، އެޕާޓީ އުވާލުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.