ހއ. ދިއްދޫ ބަނދަރު ތަރައްޤީކުރުމާއި، ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަމާ ގާތްވެފައިވާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީއިން ވިދާޅުވެއްޖެއެވެ.
ހއ. ދިއްދުއަކީ ރާއްޖޭގެ އެންމެ އުތުރުން އެންމެ އާބާދީ ބޮޑު އެއްރަށެވެ. އުތުރުގެ ރަށްތަކުގެ ތެރެއިން އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ބަޔަކު ޒިޔާރާތްކުރާ އެއް ރަށެވެ. ސިއްޙީ ޚިދުމަތް ހޯދުމާއި، ވިޔަފާރިއާއި ސަރުކާރުގެ އޮފީސްތަކުން ހޯދާ ޚިދުމަތްތަކަށް އެތަށް ބަޔަކު ދިއްދުއަށް ދަތުރުކުރެއެވެ.
އެމްޓީސީސީން މިއަދު ބުނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 76 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާކަމަށެވެ.
Ha. Dhihdhoo Harbor Extension and Jetty Construction Project is well underway, with overall 76% project progress. Existing harbor basin dredging operations are ongoing, with 90% completion.
Scope of works include, dredging and excavation operations of 78,000cbm, construction of… pic.twitter.com/kGH6TztZeC
— MTCC Plc (@MTCCPlc) July 23, 2023
މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ރަށުގެ ބަނދަރު ބޮޑުކޮށް ޖާގައިތުރުކުރުމާއި، ޖެޓީ ތަރައްޤީކުރުމެވެ. ރަށުގައި ބޭނުންކުރަމުން އައި ބަނދަރަކީ ގާތްގަނޑަކަށް 300 މީޓަރު ދިގު 250 މީޓަރ ފުޅާ ބަނދަރެކެވެ. ބަނދަރަށް އިތުރުކުރާ ބަޔާއެކު ދިއްދޫ ބަނދަރުގެ ސައިޒު ދެގުނަ އިތުރުވާނެއެވެ. އަލަށް ހަދާ ބަނދަރަކީ 600 މީޓާރުގެ ބަނދަރެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން އެމް.ޓީ.ސީ.ސީއިން ވިދާޅުވީ، މި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އެއްގަމުތޮށީގެ ވޭރިއޭޝަން މަސައްކަތްވެސް ނިމިފައިވާކަމަށެވެ. ހަމައެހެންމެ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 92 އިންސައްތަ ފުރިހަމަކޮށްފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.
ދިއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ. މިއީ ގާތްގަނޑަކަށް 70.59 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.