ޖަލުގައި އޮންނަވައިގެން ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ޖެހިދާނެތަ؟

ޖަލުގައި އޮންނަވައިގެން ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ޖެހިދާނެތަ؟

މިއަހަރުގެ ރިޔާސީ އިންތިޚާބު ފާހަގަ ވެގެން ދަނީ، 2008 ވަނަ އަހަރަށްފަހު އައި ހުރިހާ އިންތިޚާބުތަކާވެސް މުޅިން ތަފާތު އިންތިޚާބެއްގެ ގޮތުގައެވެ. އޭގެ އެންމެ މުހިންމު އެއް ސަބަބަކީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެންމެ 48 ދުވަހަށް ވެފައިވާއިރުވެސް، އިންތިޚާބުގައި ވާދަކުރާނޭ އިނދިކޮޅު ކެނޑިޑޭޓަކު މައި އިދިކޮޅު ޕާޓީއަށް އަދިވެސް ދެއްކިފައި ނުވުމެވެ.

މިގޮތުން، އިދިކޮޅު ޕީޕީއެމްއިން މިހާތަނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަމާޒުކޮށް އުފެއްދުންތެރި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު، ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގެންދަވަނީ 11 އަހަރުގެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ޖަލު ހުކުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް، އިސްތިއުނާފްގެ މައްސަލަ ބައްލަވާ އެއް ފަނޑިޔާރު މިހާރު ޗުއްޓީގައި ހުންނެވުމާއި ގުޅިގެން، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓުން ކުރިމަތިލާން ހުޅުވާލާ މުއްދަތުގައި އިސްތިއުނާފްގެ މައްސަލަ ނިމިގެން ހިގައިދާނެކަމަށް މިހާރަކު ނުބެލެވެއެވެ.

ޕީޕީއެމްއަކީ އެންމެ ފުރަތަމަ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރި ޕާޓީ

އެހެންކަމުން، އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ އިންތިހާއަށް ހަނިވެފައި ކަމުގައި މިހާރުވަނީ ދަންނަވާން ޖެހިފައެވެ.

އެހެންނަމަވެސް، މި ހުރިހާ ގޮންޖެހުންތަކާއެކުވެސް، އިދިކޮޅު ޕީޕީއެމްއިން ބުނަމުން ދަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ކެނޑިޑޭޓް، ކުރީގެ ރައީސް ޔާމިން ވާދަ ކުރައްވާނޭކަމުގައެވެ.

އަދި ވޯޓު ކަރުދާހުގައި ރައީސް ޔާމިންގެ ނަން އޮންނާނެކަމަށް އެޕާޓީގެ ލީޑަރޝިޕުން ބުނަމުން ދިޔަނަމަވެސް، ކުރިޔަށް އޮތް 2 ހަފްތާގެ މުއްދަތުގައި ރައީސް ޔާމިންގެ ކެނޑިޑަސީއާމެދު އިދިކޮޅު ޕީޕީއަށް ހަލެއް ނުހޯދިއްޖެނަމަ އެޕާޓީއަށް ނިންމަން ޖެހޭނޭ އެންމެ ފަހުގެ ނިންމުމަކަށް އޮންނާނީ ޕާޓީގެ ފަރާތުން އެހެން ކެނޑިޑޭޓަކު ރިޔާސީ އިންތިޚާބަށް ނެރުން ނުވަތަ އެހެން ކެނޑިޑޭޓެއްގެ ފަހަތަށް ޕާޓީ ދިއުމެވެ.

 

މާދަމާ ރައީސް ޔާމިންގެ ފޯމު އިލެކްޝަންއަށް ލާނެ!

"ޚަބަރު އޮންލައިން"އަށް މައުލޫމާތި ލިބިފައިވާ ގޮތުގައި އިދިކޮޅު ޕީޕީއެމްއިން މިހާރުވަނީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުން އިދާރީ ފީއެއްގެ ގޮތުގައި ދައްކާންޖެހޭ އެއްލައްކަ ރުފިޔާ ދެއްކުމުގެ އިންތިޒާމްތައް ހަމަޖައްސާފައެވެ.

މިފައިސާއަކީ އިލެކްޝަންސް ކޮމިޝަނަށް ދައްކަންޖެހޭ ޑިޕޮޒިޓް ފައިސާއެއް ނޫނެވެ. އަދި މި ފައިސާއަކީ ކެންޑިޑޭޓަށް އަނބުރާ ލިބޭނެ ފައިސާއެއްވެސް ނޫނެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ފައިސާ ދައްކަން ޖެހޭނީ ސަރުކާރުގެ ފައިސާ ދައްކަން ހަމަޖައްސާފައިވާ ނިޒާމްގެ ތެ

ޔާމިނަށް ކުރިމަތި ނުލެވޭ ހާލަތުގައިވެސް އެހެން ކެނޑިޑޭޓެއްގެ ވާހަކަ ދެއްކުން ޕީޕީއެމްގެ ލީޑަރޝިޕަށް ވަނީ މަނާކުރެވިފަ

ރެއިން އީސީ އިން ފައިސާ ދައްކަން އެންގުމުންނެވެ.

ހަމަ އެއާއެކު، އިދިކޮޅު ޕީޕީއެމްއިން މިހާރުވަނީ، ރައީސް ޔާމިން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާންޖެހޭ އެޕްލިކޭޝަން ފޯމުވެސް މާދަމާ އިލެޝަންސްއަށް ހުށަހެޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކޮށްފައެވެ. އެހެންނަމަވެސް، ފޯމު ލުމަށް އިލެކްޝަންސްއަށް ދާނެ ވަގުތަކާއި، އަދި އެކަން ކުރިޔަށް ގެންދިއުމަށް އެޕާޓީން ހަމަޖައްސާފައިވާ އިންތިޒާމުތައް މުޅިން ސާފުވާގޮތް ވަނީ ނުވެފައެވެ.

މިރިޕޯޓަށް މައުލޫމާތު ދެއްވި، ޕީޕީއެމްގެ ލީޑަރޝިޕްގެ އިސް ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި، އިލެކްޝަންސްއަށް ރައީސް ޔާމިންގެ ފޯމު، ފުރުސަތު ހުޅުވާލާ ފުރަތަމަ ދުވަހު ލުމަށް ޕާޓީގެ ލީޑަރޝިޕަށް ރައީސް ޔާމިންވަނީ އަންގަވާފައެވެ. އޭގެ އެއް ސަބަބެއްކަމުގައި އޭނާ ވިދާޅުވެފައިވަނީ، ރައީސް ޔާމިން ރައީސް ޔާމިން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން ވިދާޅުވެފައި ވުމެވެ.

އިލެކްޝަންސްއަށް ރައީސް ޔާމިންގެ ފޯމު ހުށަހެޅުއްވުމުން، ކޮމިޝަނުން ފޯމު ބަލައި ނުގެންފިނަމަ، ދެން އެބަޖެހޭ ކޯޓު މަރުހަލާއަށް ދާން. ކުރިޔަށް އޮންނާނީ ބަރާބަރު 2 ހަފްތާ. އެންމެ ދުވަހެއްވެސް ބޭކާރު ކޮށްފިޔާ ލަނޑެއް ލިބިދާނެތީ.

ކެނޑިޑޭޓުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލާ ފުރަތަމަ ދުވަހު ރައީސް ޔާމިންގެ ފޯމު އިލެކްޝަންސްއަށް ހުށަހެޅުމަށް ޕީޕީއެމްއިން ބޭނުންވާ ސަބަބު ހާމަ ކުރައްވަމުން ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅަކު ވިދާޅުވެފައި ވެއެވެ.

ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމިންގެ ކެނޑިޑަސީ ބަލައި ނުގެންފިނަމަ، ދެން އިދިކޮޅު ޕީޕީއެމްއަށް އޮންނާނޭ އެންމެ ހައްލެކެވެ. އެއީ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓަށް ވެއްދުމެވެ. އެހާލަތުގައި، ރައީސް ޔާމިންގެ ކެނޑިޑަސީއާމެދު ގޮތެއް ނިންމާނީ ސުޕްރިމް ކޯޓުންނެވެ.

އެހެންކަމުން، މިހާރު ކަށަވަރުވެ ޔަގީންވާން އޮތް ގޮތުގައި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެނޑިޑޭޓަކު ފެނުމާއި ނުފެނުން ބިނާވެގެންދާނީ، ރައީސް ޔާމިންގެ ކެނޑިޑަސީއާއި ގުޅޭގޮތުން ސުޕްރިމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށެވެ.

 

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން، ވާދަ ކުރައްވަން ޖެހިދާނެ!

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ވާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކާއި ގުޅޭގޮތުން އެއްވެސް ޚިލާފެއް އުފެއްދިއްޖެ ނަމަ އެކަމަކާއި ގުޅޭގޮތުން ނިންމުމެއް ނިންމަންޖެހޭނީ ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުންނެވެ. އެހެންކަމުން، ރައީސް ޔާމިންގެ ކެނޑިޑަސީ އިލެކްބަންސް ކޮމިޝަނުން ބަލައި ނުގެންފިނަމަ، ދެން އެމައްސަލައާއިގެން ޕީޕީއެމްއަށް ވަންނަން ޖެހޭނީ ސުޕްރިމްކޯޓަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތަކާއި ގުޅޭގޮތުން ޚިލާފް އުފެދިއްޖެނަމަ އެމައްސަލަ ދެން ނިންމަން ޖެހޭނީ ސުޕްރިމް ކޯޓިުން

އެހެންނަމަވެސް، ރައީސް ޔާމިންއަށް ކުރިމަތިވެފައިވާ ހާލަތަކީ، ޚާއްސަ ހާލަތެއް ކަމުގައި ދަންނަވާންޖެހެއެވެ. އަދި އެއީ މީގެކުރިން މިހާތަނަށް ކުރިމަތިވެފައި ނުވާ ހާލަތެއްކަމުގައިވެސް ދަންނަވާން ޖެހެނީ، ރައީސް ޔާމިންގެ ކެނޑިޑަސީއާއި ގުޅޭގޮތުން ސުވާލު އުފެދިގެން މިދަނީ އެމަނިކްފާނު ޖަލުގައި އޮންނަވައިގެން، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަނިކޮށް ކަމުގައި ވާތީއެވެ.

އެހެންކަމުން، ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި، ސުޕްރިމް ކޯޓުން ރައީސް ޔާމިންގެ ކިބައިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތުތައް އުނިވެފައި ނުވާކަމަށް ނިންމި ނަމަވެސް، މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ޖަލުހުކުމް އަދި އެހާތަނުންވެސް ބާތިލް ވެގެނެއް ނުދާނެއެވެ. އެއީ މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މަރުހަލާ ސުޕްރިމް ކޯޓާއި ހަމައަށް އަދި ދަތުރު ކޮށްފައި ނުވާތީއެވެ. އަދި ހައި ކޯޓުގައި ކުރިޔަށްދާ އިސްތިއުނާފުގެ ޝަރީއަތް ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، މިހާރު ކަންވަމުންދާ އުސޫލަށް ބަލާއިރު ނުނިމިދާނޭކަން ކަށަވަރުވެ ޔަގީންވާތީވެސް މެއެވެ.

އެހެންކަމުން، ގާނޫނީ ބޭފުޅުން މިހާރުގެ ރައުޔުތަކާއި، ސިޔާސީ މަސްރަހު އެމުނި އެތުރެމުންދާ ގޮތަށް ބަލާއިރު، ގިނަބަޔަކު ގަބޫލުރާ ގޮތުގައި، ރައީސް ޔާމިނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދިޔަނަމަވެސް، ދެން އެ ފުރުސަތު ލިބިގެން ދިއުން އެންމެ ގާތީ، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެވެ.

އަދި ގައުމު އެފަދަ ހާލަތަކަށް ދަތުރު ކޮށްފިނަމަ، އެއީ ރާއްޖެ ކީއްކުރަންތޯއެވެ! އެފަދަ ހާލަތެއް ވެގެންދާނީ ދުނިޔެއިންވެސް މަދުން މެނުވީ ފެނިގެން ގޮސްފައި ނުވާ ހާލަތަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

4 Responses

  1. .Mi ee dhuniye Baaru huri meehaa ah aniyaa kurevidhaane eve haggakaa nulai insaanakah aniyaa koffi meehaa dhuniyeygaives ekamuge ugoobaathaai kurimathi laan jehumeeves hama vedhaaney kamekeve yameenah 3massala kurimathi kuri iru MMPRCge faisaa negi ehen meehun kobaa? Mee Sadoomu tho

    1. ޔާމީނުު ޙިޔާނާތުގެ ބޮޑު ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ ކުއްވެރިޔަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވެންޔާ ދެންތިބި ކުށްވެރިނަށް ވެސް ކުރިމަތި ލުމުގެ ފުރުސަތު ނުދެވެންވީ ކީއްވެ؟ އެމީހުންގެ ހައްގު ކޮބާ؟

  2. ސާފްް މައްސަލައެއްް ތީީ. މިހާރުު ރާއްޖޭގަަ އޮތްް އެންމެބޮޑުު ޕާރޓީގެެ ކެންޑިޑޭޓްް ޖަލަށްް ލާފަަ އެެ ޕާރޓީީއަށްް ވާދަަ ނުކުރެވޭގޮތްް ހެދީި ސަރުކަރުު ހިންގާާ ޕާރޓީި އަށް ވިންް ނުކުރެވޭނެެ ކަންް އެނގޭތީީ ކަމަށްް ރައްޔިތުންް ފާޅުގަަ ބުނާނެެ.ނ! ޣަދަކަމުންް ވެރިކަންނ ކުރުމަކީި އިންޑިޔާއށްް ކޮށްދެވިދާނެެ ކަމެއްް ނަމަވެސްް މިޤައުމުު ސީދާާ އަލުވެތިޥާނެެ ކަމެއ! ޟިތަނަށްް ވަންނަަ ވަރުު ފެނިފަަ އރވެރިންް ތިބީި މޮޔަވެފ. ދޮންނ ބަންޑާރައިންް ކޮބާ؟

    1. PPL ah kurimathi nuleveyne gotheh hedhee kaaku? E parteen beynumeh nuvey yaameen nun ehn meeheh riyaasee inthihaabuga vaadha kuraakah. Ae sarukaaruge massalaehth. Mohamed nasheedh ah kurimathi nulevey goiy hedhee yaameen2018 ga. E parteen ves nerunee aa candidateh. Hama e goiy ppm ah ves eboiy.

Leave a Reply

Your email address will not be published. Required fields are marked *