ސްވިޑަންގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށްހިތުން ތަކުރާރުވާތީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިނލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ގުރުއާން އެންދުމުން އިރާގުގެ އެތައް ސަތޭކަ ބަޔަކު ނުކުމެ ވަނީ އިރާގުގައި ހުންނަ ސްވިޑަންގެ އެމްބަސީގައި ހުޅުޖަހައިފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަން ހިނގައި ދިޔައީ ގަސްތުގައި އިސްލާމްދީނަށް ފުރުއްސާރަ ކުރުމުގެ ފުރުސަތު ދިނުމުން މުސްލިމުން ރުޅި ކޮންޓްރޯލް ނުވެގެން ކަމަށެވެ. އަދި ތަކުރާރުކޮށް ހައްދު ފަހަނަ އަޅާފައިވާ މީހުންނަށް ގުރުއާން އަންދަ ހުއްދަ ދޭތީ އެކަން ގާސިމް އެކަން ކުށްވެރި ކުރެއްވިއެވެ.
ޤާސިމްވަނީ ހަރުކަށިފިކުރުގެ މީހުންނަށް ތަކުރާރުކޮށް އަދި ޒިންމާދާރުކަން ކުޑަގޮތެއްގައި ރަސްމީ ހުއްދަދީ، ކީރިތި ޤުރުއާނުގެ ކޮޕީތައް އަންދާލައި، ހަލާކުކޮށްލުމުގެ ފުރުޞަތު ދިނުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
I strongly condemn and denounce the Swedish authorities for repeatedly and irresponsibly granting official permits to extremists, allowing them to burn and desecrate copies of the Holy Quran. The recent incident, where two individuals stomped on and kicked the Holy Quran outside… pic.twitter.com/2U47Mrcr8Q
— Qasim Ibrahim (@qasimibrahim) July 21, 2023
ސްވިޑަންގައި ގުރުއާން އެންދީ އިރާގުގެ މުރުތައްދުވެފައިވާ މީހެކެވެ. ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން އިރާގުގެ ސަލްވަން މޮމިކާ ގުރުއާން އެންދީ އީދު ދުވަހު ސްވިޑަންގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައެވެ. އުމުރުން 37 އަހަރުގެ ސަލްވަންއަކީ ކުރިން މުސްލިމެކެވެ. އަދި އޭނާ ވަނީ އިރާގުން ސްވިޑަންއަށް ހިޖުރަކޮށް ސްވިޑަންގެ ރައްޔިތުކަން ހޯދައިފައެވެ.
ސަލްވަން ބުނާ ގޮތުން އޭނާ މިހާރު އެއްވެސް ދީނެއް ގަބޫލެއް ނުކުރެއެވެ. އޭނާ ވަނީ ގުރުއާން އެންދުމުގެ ކުރިން ގުރުއާނަށް އޫރުގެ މަސް ވެސް އަޅައި އަދި ފައިން ވެސް އަރައިފައެވެ. ސަލްވަން މޮމިކާ އީދު ދުވަހު ގުރުއާން އެންދިއިރު ސްވިޑަންގެ ފުލުހުން އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިއްބެވެ.
ސަލްވަން ގުރުއާން އެންދުމުގެ ދުވަސްތަކެއް ކުރިން ވެސް ސްވީޑަންގައި އެ ގައުމުގެ ސަރުކާރުގެ ހުއްދައާއެކު ގުރުއާން އެންދިއެވެ.