އިޔާޒުގެ ސުވާލެއް: ފުރަތަމަ ކޯލިޝަން ރޫޅުނީ 21 ދުވަހުން، މިފަހަރު ކިހާ ދުވަހެއްބާ؟

އިޔާޒުގެ ސުވާލެއް: ފުރަތަމަ ކޯލިޝަން ރޫޅުނީ 21 ދުވަހުން، މިފަހަރު ކިހާ ދުވަހެއްބާ؟

ގުޅުންހުރި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 2008 ވަނަ އަަހަރުގެ ވެރިކަމުގައި އޭރު އޮތް ކޯލިޝަން ރޫޅުނީ އެންމެ 21 ދުވަހުން ކަމަށާއި، މިފަހަރު ހަދާ ކޯލިޝަން ކިހާ ދުވަހަކަށް ދެމި އޮންނާނެތޯ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ސުވާލު ކުރައްވައިފިއެވެ.

އިޔާޒު މިހެން ސުވާލު ކުރެއްވީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސްއިން ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަށް މިއަދު ކުރެވުނު މަޝްވަރާއާއި ގުޅިގެން ރައީސް ނަޝީދުގެ ވެރިކަމުގައި ކޯލިޝަންގެ ކަންކަން ހިނގާދިޔަ ގޮތާއި މެދު ސުވާލު އުފައްދަވައި ކުރެއްވި ޓުވީޓުގައެވެ.

ޑރ.އިޔާޒު ވިދާޅުވީ ރައީސް ނަޝީދު އޭރު ވެރިކަމަށް އައުމަށް ބޮޑު ކޯލިޝަނަކާއިއެކު ސަރުކާރު އުފެއްދި ކަމަށެވެ. ނަމަވެސް ފެނިގެން ދިޔައީ ރައީސް ނަޝީދަށް ވެރިކަން ހޯދައި ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އަދި މިހާރު ކޯލިޝަން ހެދުމަށް މަސައްކަތް ކުރަމުންދާ ޤާސިމް އިބްރާހިމްއާއިއެކު ހެދި ކޯލިޝަން 21 ދުވަސް ނުވަނީސް ރޫޅިގެން ދިޔަ ތަންކަމަށެވެ. އެހެންކަމުން މިފަހަރު ހަދަން އުޅޭ ކޯލިޝަން ކިހާ ދުވަހަކަށް ދެމި އޮވެދާނެތޯ ޑރ.އިޔާޒު ސުވާލު އުފެއްދެވިއެވެ.

2008 ގައި އުފެދުނު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހޯމްމިނިސްޓަރ ޤާސިމް އިބްރާހިމް އިސްތިއުފާ ދެއްވީ އެކާވީސް ދުވަސްތެރޭގައި. މިކޯލިޝަންގެ ޢުމުރަކީ ކިހާ ދުވަހެއްބާ؟

– ޑރ.އިޔާޒު ވިދާޅުވިއެވެ.

މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސް ވެވިފައިވާކަމަށެވެ. އަދި އިދިކޮޅުން ނެރޭނެ ކެނޑިޑޭޓަކާއި ގުޅޭގޮތުން އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްއާއި، އެމްއާރުއެމްއާއިއެކު މަޝްވަރާ ކުރައްވާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ނަމަވެސް ޕީޕީއެމްގެ އިން ދަނީ ރައީސް ޔާމީން ފިޔަވައި އިތުރު ބޭފުޅަކަށް ރިޔާސީ ޓިކެޓް ދިނުމާއި ގުޅޭގޮތުން މަޝްވަރާނުކުރާނެކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުމާއި ގުޅޭގޮތުން ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނުގައި ބުނީ އެއް ކެނޑިޑޭޓަކު ނެރޭނަމަ އެޕާޓީން ތާއީދުކުރާނީ ރިޔާސީ ކެނޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖެއްސުމަށް ކަމަށެވެ. ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖައްސާފައި ވީނަމަވެސް، އެމަނިކުފާނު ތަންފީޒު ކުރަމުންދާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ކެނޑިޑަސީ ބަލައިގަތުމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވާ ގޮތުން ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިގަތުމާއި މެދު އެންމެފަހުގެ ނިންމުން އަންނަނީ ސުޕްރީމް ކޯޓުންނެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް ކެމްޕެއިންގައި ރަސްމީކޮށް ހަަރަކާތްތެރިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްއެންޕީގެ ކެނޑިޑޭޓް ކާނަލް ނާޒިމްއެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ ކެމްޕެއިން ކުރިއަށްގެންދިޔަނަމަވެސް، އެ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ގާސިމް އިބްރާހިމް އަމަލީގޮތުން ކެމްޕެއިންގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އިޔާޒުތިބޭފުޅާކިއަވާވިދާޅުވީޕާޓީތައްފިތުނަވެރިކުރުމަސާއިރާއްޖޭގަހަލަބޮލިކައްއިތުކުރުމާސާއި
    އެކިއެކި.ޕާޓީތަކުގެލީޑަރުއްފުރަތްސާރަކުރުމަސާއަ)ދޭތެރެޖެއްސުމާމާއި)މހެއްގޮސް
    މާއްﷲނަހީކުރެއްހުރިހާކަމެއްގެހެޓޮލަރުކަމަޢތޯއޭކިއަވާވިދާޅުވީ)މިހެއްމިބުނައްޖެހުނުސަބަބަކީ
    މީހާގެސިފަގެއްލޭކަހަލަތުބުޅިއެއްލާފަބޮޑުފަގުޑިއަޅާފަ.ކަކުލާހައަށްނަވަރުފަޓުލޫނެއްލާފަމިސްކިއްތަކައްއަރާފަވައުދުވިދާޅުދީނީނަސޭހަތްދީފައޭގެފަހުމިސްކިތުޢފާބާވަޑާގައްނަވާފަދެއްއެބުރިއަނެއްކާ
    ސައިތޯނަޔާއެކުވެގެއްމީހުއްގެބޮލުކަށިހަފަނި)ހަމައިޔާޒުއެކޭ)ސޭކުމިނިސްޓަރު.އިމުރާނެކޭތަފާތެއްނެއް)އަޅުގަޑަކީއިލްމުވެރިއްނައްއިތުބާރުކުރާމީހެއްއަދިއެހާމެގަދަރުކުރާމިކހެއްއަދިއިލްމުވެރިއްދޭ
    ނަސޭހައްގަބޫލުކުރާމީހެ)ނަމަވެސްއިޔާޒުމެއް.މިނިސްޓަރުއިމުރާނުމެއްކަހަލަތާކުއްތާކުނުޖެހޭ.
    އިލްމުވެރިއްގެއަގުވަށްޓާލައްއުޅޭ)މާނވެގެއްވާއިސްލާމްދީނައްގައްދާރުވާމީހުއްގެވާހަކައެއްއަޑެއްނާހާނައް

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ