އިހަވަންދިއްޕޮޅު ޕޯޓު މަޝްރޫޢު ހަގީގަތަކަށް ހެދޭނީ ރައީސް ޞާލިހްއަށް ދެވަނަ ދައުރެއް ދީގެން:ސައްލެ

އިހަވަންދިއްޕޮޅު ޕޯޓު މަޝްރޫޢު ހަގީގަތަކަށް ހެދޭނީ ރައީސް ޞާލިހްއަށް ދެވަނަ ދައުރެއް ދީގެން:ސައްލެ

އިހަވަންދިއްޕޮޅުގެ ޕޯޓް ސިޓީގެ މަޝްރޫއު ހަގީގަތަަކަށް ހެދޭނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބިގެން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ސައްލެ ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީގައި މިއަދު ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވީ، އިހަވަންދިއްޕޮޅުގެ ޕޯޓް ސިޓީގެ މަޝްރޫއު ހަގީގަތަަކަށް ވާން އޮތީ ރާއްޖޭގެ ޒައާމަތާއި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ހަވާލުވެވަޑައިގަންނަވައިގެން ކަމަށެވެ.

ސަލީމް ވިދާޅުވީ ރައީސް ސާލިޙަކީ އެއް ވިޝަނެއްގައި އެއް މިސްރާބަކަށް އެއް އަމާޒަކަށް ގައުމުގެ ތަރައްގީއާއި ރަށް ރަށުގެ ތަރައްގީ ގެނެސްދެއްވި ބޭފުޅެއް ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ސާލިޙަކީ ޖުމުލަކޮށް މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވާ ބޭފުޅެއް ކަމަށެވެ. އަދި ރާއްޖޭގެ ހަނި އިގްތިސާދު ފުޅާކުރެއްވުމަށް އެމަނިކުފާނު ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދު ކުރާ އިހަވަންދިއްޕޮޅުގެ ޕޯޓް މަޝްރޫއު ހަގީގަތަކަށް ވާން އޮތީ ހަމަ މި ރައީސް އަނެއްކާވެސް މި ރާއްޖޭގެ ޒައާމަތަށް ވަޑައިގަންނަވައިގެން، އެކަމަަށްޓަކައި ވިޝަން އެއް އޮތް ތަސައްވަރެއް އޮތް ތަރައްގީގެ އަމާޒު ހިއްޕަވާފައިވާ ވެރިއަކާއިއެކު ނޫނީ އަޅުގަނޑުމެން އިންތިހާބާއިގެން ކުރިއަށް ދާކަން ނެތިން،" ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށް އެހެން ކެންޑިޑޭޓުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. ރައީސް ސާލިޙަކީ ރައްޔިތުންނަަށް އޯގާތެރި ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ ޓީމަކާއެކު އުޅުއްވަން އެނގިވަޑައިގަންނަވާ ހަމަ އެކަނި ކެންޑިޑޭޓް ކަމަށް ސަލީމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *