މިދިއަ އަހަރުވެސް ރާއްޖޭގައި އުފަންދުވަސް ފާހަގަ ކުރި ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ އުފަންދުވަސް މިހަރު ވެސް ރާއްޖޭގައި ފާހަގަ ކޮށްފިއެވެ.
ކެޓަރީނާގެ ދެމަފިރިން މި ހަފްތާގައި ރާއްޖެ އައިސްފައިވާ އިރުގައި އެމީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް ނޭގެއެވެ. ކެޓްރީނާ އާއި ވިކީ ކައިވެނި ކުރީ 2021 ވަނަ އަަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގައިއެވެ.
ވަރަށް ލޯބި ކަޕުލް އެއްގެ ގޮތުގައި ފާހަގަ ކުރެވޭ މި ދެފިރިން މިހާރު ވެފައިވަނީ ރާއްޖޭގައި ވަރަށް ގިނައިން ޗުއްޓީ ހޭދަކުރާ ބޮލީވުޑްގެ ތަރިންނަށްށެވެ. މިދިއަ އަހަރުވެސް އެމީހުން ވަނީ ރާއްޖެއައިސްފައިއެވެ.
ކެޓްރީނާގެ 39 ވަނަ އުފަން ދުވަސް މިދިޔަ އަހަރު ފާހަގަކުރީ ސޮނޭވާ ފުށީގައިއެވެ. އެފަހަރު އެދެމަފިރިންނާއި އެކުގައި ބޮޑޫ ޓީމެއް ވަނީ ޗުއްޓީ އަށް އައިސްފައިއެވެ. ނަމަވެސް ކެޓްރީނާ މިއަހަރު ފާހަގަކުރި 40 ވަނަ އުފަަންދުވަހުގައި އެއްވެސް އިތުރު މީހެއް އައިކަމެއް އެނގިފައިއެއް ނުވެއެވެ.
ކެޓްރީނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން އަންނަ ބަތަލާއިންގެ ތެރެއިން އެކެކެވެ. މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކެޓްރީނާގެ ކުރިއަށް އޮތް ފިލްމަކީ ކުރީގެ ލޯބިވެރިޔާ ސަލްމާނާ އެކީ ކުޅެފައިވާ "ޓައިގާ 3″ އެވެ. ފިލްމު ނޮވެމްބަރު ރިލީޒްކުރާނެ އެވެ. ވިކީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ މަހު ރިލީޒްކުރި "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އިން ސާރާ އަލީ ހާން އާއި އެކުގައިއެވެ.