ހަފީޒް ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދަނީ

ހަފީޒް ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2023 11:09
0

މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒް، އަނިޔާވި އެކްސިޑެންޓާ ގުޅިގެން ހަފީޒު ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދަން ފުލުނުން އިއުލާންކޮށްފިއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބުނީ މަޖީދީމަގު، ގަލޮޅު ދަނޑު ސަރަހައްދުން މަގު ހުރަސްކުރި ހަފީޒުގެ ގައިގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް، އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދަން ބޭނުންވާކަމަށެވެ.

އަނިޔާވި މީހާއަށް އެހީތެރިވި މީހުން ނުވަތަ އެމީހުންނާ ގުޅޭ މައުލޫމާތު އެނގިލައްވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގައި ބޮޑެތި ޒަހަމްތަކެއް ލިބުނު ހަފީޒް ވަނީ އިންޑިއާ އަށް ފުރުވާލައިފައެވެ. ހަފީޒް އެކްސިޑެންޓްވީ ފަތިސް ނަމާދުކޮށް ސުލްތާން އާދިލް މިސްކިތުން ފާބައިގެން ގެޔަށް ދަނިކޮށެވެ. އޭނާ އަށް ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ތައުލީމީ ދާއިރާއަށް 18 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި ހަފީޒަށް އެހީވުމަށް އޭނާގެ އާއިލާއިންނާއި ރައްޓެހިން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓްގައި ސައިކަލު ދުއްވި ދިވެހި ފިރިހެން މިހާ އަކީ، ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.