ރިޔާސީ ކެމްޕޭނަށް ރަސްމީކޮށް ނުނިކުންނަވާ ހުންނެވީ ކަންތައްތައް އަދި ހުރިގޮތުން ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވާފައިވާ ޤާސިމް އެޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދާއެކު ބޭއްވި ބައްދަލުވުމުގެ ކުރީން ޖޭޕީގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ޤާސިމް ވިދާޅުވީ އިންތިޚާބުގައި ކުރިމަތިލުމަށް މިމަހުގެ 23 ވަނަ ދުވަހު ހުޅުވާލުމުން ކުރިމަތި ލުމަށް ނަން ހުށަހަޅާނެކަމަށެވެ. އިލެކްޝަނުން މިކަމުގައި ނިންމަވާ ގޮތަކާއިމެދު ބައްލަވައި ކެމްޕެއިންގެ ކަންކަންވެސް ފަށާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އެންމެ ފުރަތަމަ ކެމްޕޭނަމަށް ނިކުމެ އަވަސް އަރުވާލައިގެން އުޅުމަކީވެސް އަދި މާމޮޅުތަކެއް ވާނެ ކަމެއް ނޫންކަމަށެވެ. އެމަނިކުފާނު ސީދާ ކެމްޕޭނުގައި އަދި ނޫޅުއްވިޔަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ޓީމުތައް ހަރަކާތްތެރިވަމުންދާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
އަދި ކަންތައްތައް ހުރިގޮތުން މިހާރު މަޑުކޮށްލައިގެން މިހުރީ އަޅުގަނޑުގެ އަމިއްލަ ނަފްސުން އެކަން ނުކުރިއަސް އަޅުގަނޑުގެ ޕާޓީން އެކަން ކުރަމުން އެބަގެންދޭ. އަޅުގަނޑުމެން އުތުރަށާއި ދެކުނަށް ކަނދައޅާފައި ހުރި ދެ ކެމްޕޭން މެނޭޖަރުން އެކަންތައް އެބަ ކުރައްވާ. ކޮންމެހެން މިބާވަތުގެ ކަމެއްގައި އިސްނެގުމަކީ މޮޅުވުމެއްވެސް ނޫން. އެހެން މުސްކުޅިންވެސް ބުނެެއުޅޭ. ވިސްނުންތެރިކަމާއިއެކު ކަމެއް ކުރީމައިކަން މޮޅުކަމަކަށް މިވަނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ މިއިންތިހާބުގައި އަޅުގަނޑުމެން ކާމިޔާބުކުރާނަން. އެއްވެސް ޝައްކެއް ނެތް އަޅުގަނޑަކަށް.
– ޤާސިމް ވިދާޅުވިއެވެ.
މުސްކުޅިންވެސް ބުނެެއުޅޭ ވިސްނުންތެރިކަމާއިއެކު ކަމެއް ކުރީމައިކަން މޮޅުކަމަކަށް މިވަނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ އިންތިހާބުގައި އަޅުގަނޑުމެން ކާމިޔާބުކުރާނަން. އެއްވެސް ޝައްކެއް ނެތް އަޅުގަނޑަކަށް” @qasimibrahim
"މިހާރުން ކެންޑިޑެންސީވެސް މިއޮތީ ލާން ވަރަށް ކައިރިވެފަ.… pic.twitter.com/Z6oqRDvMwY
— JP Secretariat (@JPSecretariat) July 15, 2023
ޤާސިމް އާއި އަލީ ވަހީދު ބޭއްވި ބައްދަލުވުމުގެ ކުރިން އަލީ ވަހީދު ވިދާޅުވީ އޭނާއަކީ އަދިވެސް ޖޭޕީގެ މެމްބަރެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން އޭނާ އަބަދުވެސް އެންމެ އިހުތިރާމް ކުރާނެ ބޭފުޅަކީ ޤާސިމް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ހުންނާނެ ވަކި ގޮތަކާއި މެދު އަލީ ވަހީދު އެއްޗެއް ނުބުނެއެވެ. ބުނީ އޭނާ ސިޔާސީ ޕޯޑިއަމަކުން ފެންނާނީ މިމަހުގެ 20 ގެ ފަހުންކަމަށެވެ.
One Response
ބުއްދި ސަލާމަތުން ހުރިތޯ ބަލަންޖެހޭ…