"ވޭދާ" ގެ ޝޫޓިންގ ތަމަންނާ ފަށައިފި

"ވޭދާ" ގެ ޝޫޓިންގ ތަމަންނާ ފަށައިފި

Author
ފާތިމަތު ނާވީ
19 ޖުލައި 2023 05:47
0

ފިލްމު "ވޭދާ" ގެ ކާސްޓާ ބަތަލާ ތަމަންނާ ބާޓިއާ ވެސް ގުޅިއްޖެ އެވެ. މި ފިލްމް އަކީ މިދިއަ މަހުގެ ކުރީކޮޅުގައި ޝޫޓިން ފެށި ފިލްމްއެކެވެ. މި ފިލްމްގެ ޝޫތިން ފިލްމް ގެ ލީޑު ދެތަރިން އަންނަނީ ކުރަމުންނެވެ.

މި ފިލްމް އަކީ ޑައިރެކްޓަރު/ޕްރޮޑިސަރު ނިކިލް އަދުވާނީ އުފައްދަމުން އަންނަ ފިލްމްއެކެވެ. ފިލްމް ގެ ޝޫޓިން ފެށިކަން ނިކިލް ކުރި އިނސްޓަގްރާމް ޕޯސްޓެއްގައި ވަނީ އިއުލާން ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Nikkhil Advani (@nikkhiladvani)

މި ފިލްމް ގެ ލީޑުން ފެނިގެން ދާނީ ޖޯން އަބަރްހަމް އާއި މިދިޔަ އަހަރުގެ "ބަންޓީ އޯރް ބަބްލީ 2″ އިން ބޮލީވުޑަށް ނުކުތް ޝަރުވާރީ ވާގެވެ. މި ފިލްމް އަޅުވާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

ކާމިޔާބު އެތަށް ފިލްްމް އެއް ކުޅެފައިވާ ސައުތުގެ މަޝްހޫރު ބަތަލާ އެންމެ ފަހުން ފެނިގެންދިއަ ބޮލީވުޑް ފިލްމް އަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ގެނެސްދިން އެންތޮލޮޖީ "ލަސްޓް ސްޓޯރީސް 2″ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.