ޕްރިޔަންކާ ދޫކޮށްލި ރޯލު އަނުޝްކާ އަށް

ޕްރިޔަންކާ ދޫކޮށްލި ރޯލު އަނުޝްކާ އަށް

Author
ފާތިމަތު ނާވީ
16 ޖުލައި 2023 10:19
0

ބޮލީވުޑްގެ ނަން މަޝްހޫރު ތިން ތަރިންނާއި އެކުގައި އެކްޓަރު ފަރުހާން އަހުތަރް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ފިލްމް '"ޖީ ލޭ ޒަރާ" ގެ އެއް ބަތަލާ ޕްރިޔަންކާ ޗޯޕްރާ މީގެ ދެ ހަފްތާއެއް ކުރިން އެ ފިލްމް ދޫކޮލި ކަމަށް ވަނީ ހަބަރުތަށް ބުނަން ފަށައިފައިއެވެ.

ލީޑުން ޕްރިޔަންކާ ޗޯޕްރާ އާއި ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް ފެނިގެންދާ ފިލްމް އިން ޕްރިޔަންކާ ވަކިވުމުން ޑައިރެކްޓަރު ވަނީ އައު ތަރިއެއް އެރޯލަށް ފިޓްކުރުމަށް މަސައްކަތް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

އެގޮތުން ފަރުހާން ވަނީ މި ފިލްމްގެ އެ ރޯލު އަނުޝްކާ ޝްރުމާއަށް ހުށައަޅައިފައިއެވެ. ނަމަވެސް ޕްރިޔަންކާ ދޫކޮށްލި ރޯލަށް އަނުޝްކާ އެއްބަސް ނުވާ ކަމަށް ރިޕޯޓްތަށް ބުނެއެވެ. އަނުޝްކާ. މި ރޯލު ދޫކޮށްލި މައިގަނޑު ސަބަބީ ތާރީހުތައް ހުރި ގޮތުން ވަގުތު ދެވެން ނެތުމެވެ.

އެއާއި އެކުގައި މި ފިލްމްގެ ލީޑުން ދެން ފެނިގެންދާނީ ކޮން ބަތަލާއެއްތޯ އެއީ ބަލަން ކެއްމަދުވެފައިވާ ކަމެކެވެ. ބައެއް މީޑީއާ ތަކުން ބުނާގޮތުގައި މި ރޯލު މިހާރު ހުށައަަޅައިފައިވަނީ ކިއާރާއަށެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

ފާހަގަކޮށްލެވޭ ކަމަކީ އަނުޝްކާ އާއި ޕްރިޔަންކާ އަކީ ކުރިން އެއް ފިލްމެއްގައި މަސައްކަތްކޮށްފައިވާ ދެ ބަތަލާއިންކަމެވެ. އެއީ ފަރުހާން ވެސް މުހިއްމު ރޯލެއް ކުޅުނު އަދި "ޖީ ލޭ ޒަރާ" ވެސް ޕްރޮޑިއުސްކުރާ އޭނަގެ ފިލްމު ކުންފުނި، އެކްސަލް އެންޓަޓައިންމަންޓްގެ 2015 ގެ "ދިލް ދަޅަކް ނޭ ދޯ" އެވެ. ފިލްމަކީ ފަރުހާންގެ ދައްތަ ޒޯޔާ އަޚްތަރު ޑައިރެކްޓްކުރި އެއްޗެކެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.