ބޮލީވުޑް އަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުން އަންނަ ޓިވީ އެކްޓަރު މޯހިތް މާލިކްގެ އާ ސިލްސިލާއެއް ސްޓާ ޕްލަސް އަންނަން ތައްޔާރުވެއްޖެ އެވެ.
"ބާތޭ ކުޗް އަންކަހީ ސީ" ގެ ނަން ދީފައިވާ މި ސިލްސިލާ ޑްރާމާގެ ޕްރޮމޯ އެއްވެސް މިހާރު އަންނަނީ ދައްކަމުންނެވެ. ނަމަވެސް ދައްކަން ފަށާނެ ތާރީހު އަދި އިއުލާން ނުކުރާ މި ޑްރާމާ ވަރަށް އަވަހަށް ދައްކަން ފަށާނެ ކަމަށް ޕްރޮމޯގައި ބުނެފައިއެވެ.
ޕްރޮޑިއުސަރު ރަޖަން ޝާހީގެ ޕްރޮޑަކްޝަން ހައުސްއިން ގެނެސްދޭ މި ސިލްސިލާ ގައި މޯހިތު އާއި އެކުގައި ފެނިގެން ދާނީ ސޭލީ ސަލުންކީ އެވެ. ރަޖަން ވަނީ ކާމިޔާބު ޑްރާމާ ތަކެއް ޕްރޮޑިއުސް ކޮށްފައިއެވެ. އެގޮތުން "ބާތޭ ކުޗް އަންކަހީ ސީ" އަކީ ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ މަގުބޫލު ސިލްސިލާތައް ކަމަށްވާ "އަނޫޕަމާ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ" ފަދަ ޑްރާމާ ތަށް ފާހަގަ ކޯށްލެވެއެވެ.
މޯހިތު އެންމެ ފަހުން ފެނިގެންދިއައީ 2020-2021 އިން ސްޓާ ޕްލަސްއިން ގެެނެސްނިން ސިލްސިލާ "ލޮކްޑައުން ކީ ލަވް ސްޓޯރީ" އެވެ. އޭނަގެ މަގުބޫލު ޑްރާމާ ތަކުގެ ތެރޭގައި "ކުލްފީ ކުމާރު ބަޖޭވާލާ" އާއި ޒީޓީވީގެ "ޑޯލީ އަރުމާން ކީ" އަދި ކަލާސްގެ "ޕުލްވާ" ހިމެނެ އެވެ.
މޯހިތް އަންނަނީ ބޮލީވުޑްއަށް ތާއާރަފް ވުމަށް އޭނާގެ އަލަތު ފިލްމް ގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭނާ ބޮލީވުޑްއަށް ތައާރަފް ވާނީ ކުރީގެ މަޝްހޫރު ބަތަލާ ރަވީނާ ޑަންޑަން ގެ ދަރިފުޅު ރަޝާ ތަޑާނީ އާއި އަޖޭ ދޭވްގަނަށް ބޮޑުބޭބެ ކިިޔާ އާމަން ދޭވްގަން، ބޮލީވުޑަށް ތައާރަފުކުރަން ޑައިރެކްޓަރު އަބީޝެކް ކަޕޫރް ހަދާ އެކްޝަން އެޑްވެންޗާ ފިލްމުންނެވެ.