ޗެކްމާކް އަހްމަދު ރަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފި

ޗެކްމާކް އަހްމަދު ރަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2023 09:47
0

ހިތަދޫ ދެކުނު ދާއިރާގެ މެމްބަަރު އަހުމަދު ރަޝީދު (ޗެކްމާކް އަހްމަދު ރަޝީދު) ރައީސް ނަޝީދާއިއެކު ދަ ޑިމޮކްރެޓްސް އަށް މިރޭ ސޮއި ކުރައްވައިފިއެވެ.

އަހްމަދު ރަޝީދު އެމްޑީޕީން އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު ނަޝީދާއިއެކު މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. މަޖިލީހުގެ މިހާރުގެ މައިޯރިޓީ ޕާޓީއަކީވެސް ދަ ޑިމޮކްރެޓްސްއެވެ.

ނަޝީދު އާއި އަހްމަދު ރަޝީދު އެމްޑީޕީން ވަކިވުމުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު 54 އަށް ވަނީ ތިރިވެފައެވެ. ނަމަވެސް އަދިވެސް އެމްޑީޕީ އަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮންނާނެއެވެ. މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު އަޣުލަބިއްޔަތަކީ 44 މެންބަރުންނެވެ. ނަމަވެސް މިހާރު ގާނޫނު އަސާސީ އިސްލާހު ކުރުމާއި ފަނޑިޔާރުން ވަކިކުރުމަށް ބޭނުންވާ 58 މެންބަރުންގެ ސްޕަ މެޖޯރިޓީ އެމްޑީޕީއަކަށް ނެތެވެ.

ސިޔާސީ މަސައްކަތުގެ ވާދަވެރި ކަމާއިއެކު މަޖިލީހުގެ މަސައްކަތް ވަނީ ހުއްޓިފައެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.