ޕީޕީއެމް ބައިބައި ނުކުރެވޭނެ، ލީޑަރޝިޕް އޮތީ ޔާމީންގެ ފަހަތުގައި ސާބިތުވެ: ސަލީމް

ޕީޕީއެމް ބައިބައި ނުކުރެވޭނެ، ލީޑަރޝިޕް އޮތީ ޔާމީންގެ ފަހަތުގައި ސާބިތުވެ: ސަލީމް

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2023 10:41
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އޮތީ ވަރަށް ބަދަހި ކަމާއިއެކުގައި ކަމަށާއި، ޕާޓީ ބައިބައި ކޮށްލުމަށް ކުރެވޭ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވި ރައީސް ޔާމީނަށް ނުހައްގުން ދޭ ކޮންމެ އަނިޔާއަކީ ދިވެހި ރާއްޖޭގެ އެތައް ހާސް ރައްޔިތުންނަށް ދޭ އަނިޔާއެއް ކަމަށެވެ. ޕީޕީއެމްގެ ލީޑަރޝިޕް ބައިބައި ކޮށްލުމަށް މިދަނޑިވަޅުގައި އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތަކަށް އިޝާރާތް ކުރައްވާ ސަލީމް ވިދާޅުވީ ޚިޔާލް ތަފާތުވުމަކީ ބައިބައިވުމެއް ނޫންކަމަށެވެ.

ޕާޓީގެ ސެނެޓާއި، ލީޑަރޝިޕްގެ އެންމެ ބޭފުޅުން މިހާލަތުގައި އޮތް ޚިޔާލް ތަފާތުވުމެއް އެއްކައިރިކޮށް މަސައްކަތް ކުރަންވީ އިހުނަށްވުރެ ވަރުގަދައަށް މިވެރިކަން ބަދަލުކޮށް ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށް ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ފަހަތުގައި ޕީޕީއެމް އޮތީ ބަދަހިކޮށް ކަމަށެވެ.

ޕީޕީއެމް ބައިބައި ނުކުރެވޭނެ، މިލީޑަރޝިޕް މިއޮތީ ބަދަހިކޮށް، ރައީސް ޔާމީން ޖަލުގައި އަނިޔާދެމުންދާއިރު، މި ޓީމު މިއޮތީ ބަދަހިކޮށް. އަޅުގަނޑުމެންގެ ލީޑަރޝިޕުން ކުރިއަށް އޮތް އޮތްތަނުގައި އިތުރަށް ބަދަހިވާންޖެހޭ. މުޅި ސެނެޓް އެކީގައި މަސައްކަތް ކުރަންވީ. މިހާރު މިކުރާ މަސައްކަތް އިތުރަށް ބަދަހި ކުރަންވީ.

– ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ މިޖަލްސާގައި ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ސަލީމް ވިދާޅުވީ ރައީސް ޞާލިހަށް ދީފައިވާ ނަމާއި، އެމަނިކުފާނާއި ދިމާ ނުވާކަމަށެވެ. ރައީސް ޞާލިހަށް، އިބްރާހިމް މުހައްމަދު ޞާލިހު ކީ ނަމަވެސް މިއިން އެއްވެސް ނަމަކާއި ދިމާނުވާކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޞާލިހަށް ރަނގަޅު ނަމެއް މިނިސްޓަރ އިމްރާނާއި، އެނޫން ބޭފުޅުން ވެގެންވެސް ދެއްވުމަކީ މުހިންމު ކަމެއްކަމަށެވެ. ރައީސް ޞާލިހުގެ ނަމަކީ އިސްލާމްދީނުގައި އެންމެ މާތް ބޭކަލުންނަށް ކިޔުނު ނަންތައްކަން ފާހަގަކޮށް ސަލީމް ވިދާޅުވީ އެބޭކަލުންނަކީ ރައީސް ޞާލިހުގެ ކުރައްވާފަދަ ކަންރައްތަކެއް ކުރެއްވި ބޭފުޅުންތަކެއް ނޫންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާއަމާ ކަލޯ
އެހެންވީމަ ތޫތު ސަލީމު ތި ބުނަނީ ބަޅުރުއް ޕާޓީގެ ލީޑަރޝިޕް ވެސް އޮތީ ޖަލުގައޭތަ..
ދ ދިވެހި މުސްކުޅިން
ޔާމީނު ގެ ފަހަތުގަ ލީޑާޝިޕްވެސް ތިތިބީ ޖަލަށް ލެވިގެން މުޅިން ޕާޓީގެ މިނިވަންކަން ގެއްލިގެން ފިތިފަދޯ