އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައްޝައިހް އިލްޔާސް ޖަމާލް އެމްޑީއޭއާއި ގުޅިވަޑައިގެންފިއެވެ. ޝޭޚު އިލްޔާސް ޖަމާލް އެމްޑިއާއި ގުޅިވަޑައިގަތްކަން ހާމަ ކުރައްވަމުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެފައިވަނީ، އެމްޑީއޭގެ އިސްލާމިކް ކައުންސިލްގެ ޚިދްމަތްތައް ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ޕާޓީގެ ދީނީ ކައުންސިލާ ޙަވާލުވުމަށް އޭނާގެ ދައުވަތަކަށް ޝެއިޙް އިލްޔާސް ޖަމާލް އެމްޑީއޭއާއި ގުޅުމަކީ އޭނާއަށާއި އެޕާޓީގެ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު ހިންހަމަ ޖެހުމެއް ކަމުގައެވެ. އަދި ސިޔާމް ވަނީ ޝޭޚް އިލްޔާސްއަށް މަރުޙަބާ އާއި ތަހުނިޔާ އަރިސްކުރާ ކަމަށް ވިދާޅުވެފައެވެ.
އެމްޑީއޭގެ އިސްލާމިކް ކައުންސިލްގެ ޚިދްމަތްތައް ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ޕާޓީގެ ދީނީ ކައުންސިލާ ޙަވާލުވުމަށް އަޅުގަޑު ގެ ދައުވަތަކަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޙް އިލްޔާސް ޖަމާލް އަޅުގަޑުމެންނާއި ގުޅުމަކީ އަޅުގަޑާ ޕާޓީގެ… pic.twitter.com/8xFIA8FGXA
— Ahmed Siyam Mohamed, MP (@Sun_Siyam) July 12, 2023
ޝޭޚު އިލްޔާސް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ، ފާއިތުވެދިޔަ އަހަރުވަނީ، ރައީސް އައްޔަންކުރައްވާ ސިޔާސީ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލާއި ޚިލާފަށް އޭނާ އަމަލު ކުރައްވައިގެން އޭނާއަށް ފިޔަވަޅު އަޅައިދިނުމަށް ރައީސް ސާލިހުގެ ކިބައިން އެދިވަޑައިގެންވެސްފައެވެ.
ރައީސް ޔާމިންގެ ސަރުކާރުގައި ޝައިޚް އިލްޔާސް ޖަމާލްވަނީ ރާއްޖެއިން ސައުދީއަރަބިއާގައި ގާއިމްކޮށްފައި ހުންނަ ދިވެހި އެމްބަސީގެ އިސްމަގާމެއް އަދާކުރައްވާފައެވެ. އެހެންނަމަވެސް އެ ވަޒީފާ ދޫކޮށް އޭނާ ރާއްޖެ ވަޑައިގަތީ އެ ސަރުކާރާމެދު ހިތްހަމަޖެހި ވަޑައި ނުގަންނަވައިގެން، މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އޭނާވަނީ ކުރިން އަދާލަތު ޕާޓީގައިވެސް އުޅުއްވާފައެވެ.
އެމްޑީއޭއިން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާޢީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައެވެ.
ކޮމެންޓު ފޮނުވާ