ކ. މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައި، ބަނދަރުފެ އެއްގަމުތޮށީގެ މަސައްކަތުގެ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.
މާފުށީ ބަނދަރަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށް، ޒަމާނީ ބަނދަރެއް ތަރަޢްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާ ޙަވާލުުރީ މިއަހަރުގެ ޖެނުއަރީމަހުގެ 23 ވަނަ ދުވަހުއެވެ. އެމްޓީސީސީން މިއަދު ބުނީ މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 9 ޖުލައި 2023 ވަނަ ދުވަހު ފެށިފައިވާކަމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 374 މީޓަރުގެ ބަނދަރެއް ތަރައްޤީކުރުމަށެވެ. މީގެތެރޭގައި މިހާރުގެ ބަނދަރާއި ބަނދަރަށް އަލަށް އިތުރުކުރާ ބައި ހިމެނެއެވެ.
K. Maafushi Harbor Development Project is well underway. We have commenced installation of concrete blocks required for quay wall construction on 9th July 2023.#MTCCProjects #RayyithungeKunfuni pic.twitter.com/IhEeoWhpPk
— MTCC Plc (@MTCCPlc) July 11, 2023
މި މަޝްރޫޢުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. އަދި 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަޙއްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.
ހަމައެހެންމެ 160 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މިއީ ސަރުކާރުން 76.48 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ