ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ޗުއްޓީއާއި ހެދި، ޝަރީއަތް މަޑުޖެހިފަ

ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ޗުއްޓީއާއި ހެދި، ޝަރީއަތް މަޑުޖެހިފަ

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2023 11:29
0

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު ޝަރީއަތް ކުރިއަށް ގެންދަން ހައިކޯޓު ފަނޑިޔާރުންގެ ޗުއްޓީގެ ސަބަބުން ހުރަސް އެޅިއްޖެއެވެ.

ދަށުކޯޓުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު އިއްވި ހުކުމުގައި ރައީސް ޔާމީން ޖަލަށް ލުމުގެ އިތުރު ލޯންޑަރކުރި 52 މިލިއަން ރުފިޔާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

ހައި ކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފްގެ އަޑު އެހުމެއް އިއްޔެ ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. ނަމަވެސް މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ހުޒައިފާ މުހައްމަދު އެމަޖެންސީ ޗުއްޓީއެއް ނެނެގެވުމުން މައްސަލަ ކުރިއަށް ނުގެންދެވިފައެވެ.

ހުޒައިފާގެ އެމެޖެންސީ ޗުއްޓީ ނިންމާލުމަށްފަހު އެނބުރި މިފެށޭ ހަފްތާގައި ނިިކުންނަވާއިރު، ޗެންޗުގައި ހިމެނޭ ފަނޑިޔާރު މުހައްމަދު ސަލީމް މިހަފްތާގެ ބްރާސްފަތި ދުވަހުން ފެށިގެން ޗުއްޓީއަށް ވަޑައިގަންނަވާނެއެވެ. އެހެންކަމުން އަންނަ ހަފްތާގައި ވެސް ރައީސް ޔާމީން މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލެއް ނުކުރެވޭނެއެވެ. މިމައްސަލަ ބައްލަވާ ބެންޗުގައި ހިމެނޭ ފަނޑިޔާރު ސަލީމް ދިހަ ދުވަހުގެ ޗުއްޓީއަކަށް ފަހު އެނބުރި މަސައްކަތައް ނިކުންނަވާނީ މިމަހުގެ ފަހުކޮޅުއެވެ.

ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ މައްސަލަތަކަކީ ތިން ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މައްސަލަތަކެއްް ކަމަށް ވާތީ އެއްވެސް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވޭނީ ތިން ފަނޑިޔާރުން ހާޒިރުވެ ތިއްބަވައިގެންނެވެ. ހައިކޯޓުގައި އޮތް މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން އަދި މަދުވެގެން ދެއަޑުއެހުން ބާއްވަން ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މިމައްސަލަ ކުރިއަށް ނުދާތީ ރައީސް ޔާމީން ވަނީ ތަކުރާރުކޮށް މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުން ކުރިމަތިލުމަށް މިމަހުގެ 23 ވަނަ ދުވަހު ހުޅުވާލާއިރު، މިމައްސަލައިގެ ހުކުމް އޭގެ ކުރިން އިއްވަފާނެކަމަށް މިހާރު ކަންކަން މިދާގޮތުން ނުބެލެވެއެވެ.

ސެޕްޓެމްބަރުމަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި އެޕާޓީން ޓިކެޓް ދީފައިވަނީ ޔާމީނަށެވެ. ޢެހެންނަމަވެސް މިހާރު ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލުގެ ހުކުމާއި ގުޅިގެން ރިޔާސީ އިންތިހާބުގެ ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށްވަނީ ހަނިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަދުރޭ
ޔާމީނުގެ އެކައުންޓްތަކުގައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ކަމިޝަނަށް ނަގާފައިހުރި މިލިޔަން މިލިޔަން ފައިސާ އަބުރާ ދިވެހި ދައުލަތަށް ނުދޭހާއިރު ޔާމީނު ބާއްވަންވާނީ ޖަލުގައެވެ. ކޮންމެވެސް ދުވަހަކުން އެހުރިހާ ފައިސާއާއި އެފައިސާއިން ބިން ގަނެ ހަދަމުންދާ ގަޑުވަރު އަބުރާ ދިވެހިން ހޯދާނެއެވެ. އިންޝާﷲ
ޢ ޢަބުދުﷲމާހިރު
ޢިންޑިޔާއިންް މިގައުމުު ދެންް ދޫނުކުރާނ! ޢިންޑިޔާއިންް އެެ ގައުމުު މަރުތަޅުު އަޅުވާފަަ ޢިންކަމްް ޖެނެރޭޓްް ކުރާނީި އަވައްޓެރިް ކުދިި ގައުމުތަށްް ފެލައިގެންް. ޠާމީންް ހިފަހަޢްޓަނީީ އިންޑިޔާާ ސިފައިންް މިތަނުންް ފައްސާލަންް ނުނާތ!