ފޯކައިދޫ، ފީވައް އަދި ފޭދޫގައި ސްއިމިން އޭރިއާއެއް ހެދުމަށް އެމްޓީސީސީއަށް

ފޯކައިދޫ، ފީވައް އަދި ފޭދޫގައި ސްއިމިން އޭރިއާއެއް ހެދުމަށް އެމްޓީސީސީއަށް

Author
މުޙައްމަދު ޝަޒައިމް
10 ޖުލައި 2023 11:00
0

ށ. އަތޮޅު ފޯކައިދޫ، ފީވައް އަދި ފޭދޫގައި ސްއިމިން އޭރިއާއެއް ހެދުމަށް ހަވާލުކޮށްފިއެވެ.

އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއަށެވެ. އެ ރަސްމިއްޔާތުގައި މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާ އެވެ.

މިނިސްޓްރީއިން ބުނީ މި މަޝްރޫއުގެ ދަށުން ފީވަކުގެ ފަތާ ސަރަހައްދު 3575 ކޮޑި މީޓަރަށް ފުންކުރާނެ ކަމަށެވެ. އަދި އެ ސަރަހަށްދުގައި 50 މީޓަރަށް ގްރޮއިން ޖަހާނެ ކަމަށެވެ. 97 މީޓަރަށް ބޭރު ތޮށި ޖަހާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފޭދޫ ފަތާ ސަރަހައްދު 2106 ކޮޑި މީޓަރަށް ފުން ކުރާނެ ކަމަށް މިނިސްޓްރީއިން ބުނެ އެވެ. 50 މީޓަރަށް ގްރޮއިން ޖަހާނެ ކަމަށާއި 62 މީޓަރަށް ބޭރުތޮށި ޖަހާނެ ކަމަށެވެ. އަދި ފޯކައިދޫގެ ފަތާ ސަރަހައްދު 2730 ކޮޑި މީޓަރަށް ފުންކުރާނެ ކަމަށެވެ. އެ ސަރަހައްދުގައި 40 މީޓަރަށް ގްރޮއިން ޖަހާނެ ކަމަށާއި 101.56 މީޓަރަށް ބޭރުތޮށި ޖަހާނެ ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

މިނިސްޓްރީއިން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ އަގަކީ 16617895.33 ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.