ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ސިފައިން ވައްދައިގެން މަޖިލީހުގެ މެމްބަރުން ގޮދަ ތަކެއްހެން ނިމިދިޔަ ދައުރުގައި މަޖިލީހުގެ ފާރުމަތިން އުކާލި އުކާލުންވެސް މަޖިލީހުގެ ރައީސަށް ވަނީ ދިފާއު ކުރަންޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަދު ބޭނުން ގޮތަކަށް ހިންގުމުގެ މިނިވަންކަން އެބައޮތް ކަމަށާއި އެތަނަށް މިސަރުކާރުގައި "ސިފައިން ވަދެ ނުހުއްޓުވާ" ކަމަށް ރައީސް ސޯލިހް ވިދާޅުވުމަށް މަޖިލިސް ރައީސް ދެއްވި ރައްދާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޖިލިސްގެ ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބެހުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން އަލީ ޒާހިރު ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ސިފައިން ވައްދައިގެން މެމްބަރުން ފާރުމަތިން އުކާލި އުކާލުންވެސް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ވަނީ ދިފާއު ކުރައްވަން ޖެހިފައިކަމަށެވެ.
އަނިޔާވެރިކަން ހައްދުންނެއްޓި ހުރިހާ އިދިކޮޅު ސިޔާސީ ލީޑަރުން ކުޑަގޮޅުއަށް ލައިގެން އެކަމާ ދެކޮޅަށް އަޑު އުފުލާ އެލީޑަރުން މިނިވަން ކުރުމަށް ގޮވާލި މަޖިލިސް މެމްބަރުން ނެރުމަށް ރައްޔިތުންގެ މަޖިލީހަށް ސިފައިން ވަޑައިގެން ގޮދަ ތަކެއްހެން ފާރުމަތިން އުކާލި އުކާލުންވެސް ދިފާއު ކުރައްވަން ޖެހިވަޑައިގަތީ ދެއްތޯ؟
– އަލީ ޒާހިރު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އަދި މަޖިލީހުގެ ރައީސްގެ ގޮތުގައި މަސީހް ހުންނަވައިގެން ސިފައިން ބޭނުންކުރައްވައިގެން މަޖިލިސް މެންބަރުންތަކެއް މަޖިލީހުގެ ފާރުމަތިން ބޭރަށް "އުކާލެއްވި" ކަމަށް ވިދާޅުވި މީގެކުރިން ރައީސް ނަޝީދު އެކަމަށް ފާޑުވިދާޅުވިއެވެ.
3 Responses
ޢަލީ ޒާހިރު؛ ތިބޭފުޅުން ވިދާޅުވަނީ 3 ބާރު ވަކިވެފަ ކަމަށް މަޖްލިސް އަށް ސިފައިން ވައްދަނީ ރައީސުލް ޖުމްހޫރިއްޔާ އެއްނޫން މަޖްލީސްގެ ރައީސްގެ އެދިލެއްވުމަށް. އަމިއްލަޔަށް ކޯޓްތަކަށް އަތްބާނާ ގޮތަކަށްނޫން. ހިހޫވީމަ އަވަހަށްކާލާ
އެހެންތޯ ފާއިތުވި ފަސްއަހަރުގެ ރައިސްތަކީވެސް މަޖިލީހުގެ ރައިސްއަކީވެސް ޔާމިނު ތާ.!
އަލީ ޒާހިރު މިދެން ކާކު ރައީސް ނަޝީދާދިމާއަށް އެއްޗެއްބުނަން.މަގާމެއް ދިނަކަސް އުރައްޕެތް ނެތް ތާއީފެއްނެތް ސޮހޮލެއްތީ