އާރިޔާން ގެ ވެބް ސީރީޒްގެ ޝޫޓިންގ ފަށައިފި

އާރިޔާން ގެ ވެބް ސީރީޒްގެ ޝޫޓިންގ ފަށައިފި

Author
ފާތިމަތު ނާވީ
10 ޖުލައި 2023 11:25
0

ބޮލީވުޑްގެ ކިންގް ހާންގެ ގޮތުގައި މަޝްހޫރު އެކްޓަރު ޝާހުރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރިޔާން ހާންގެ ފުރަތަމަ ޑައިރެކްޝަން ގެ ޝޫޓިން ފަށައިފިއެވެ.

ބައްޕަ ޝާހު އަދި ކޮއްކޮ ސުހާނާ އާއި ހިލާފަށް އާރިޔާން ބޮލީވުޑްއަށް ތައާރަފް ވާނީ ޑައިރެކްޓަރެއްގެ ގޮތުގައިއެވެ. އޭނާ އަކީ މޮޅު ލިޔުންތެރިއެއް ކަމަށް މީގެ ކުރިން ޝާހު ވަނީ އެއްބަސް ވެފައިއެވެ. އަދި އާރިޔާންގެ ވެބް ސީރީޒް މިދިއަ އަހަރުގައި ވަނީ އިއުލާން ވެސް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މި ވެބް ސީރީޒް ލިޔެ ޑައިރެކްޓް ކުރަނީ އާރިޔާން އެވެ. ނަމަވެސް ވެބް ސީރީޒް އިން ފެނިގެންދާނެ ތަރިން އަދި އިއުލާނެއް ނުކުރެއެވެ. "ސްޓާޑަމް" ގެ ނަން ދީފައިވާ ވެބް ސީރީޒް ގައި އޭނާގެ ބައްޕަ އަދި ރަންވީރް ސިންގް އާއި ރަންބީރު ކަޕޫރު ގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެ ކަމަށް ވެއެވެ.

އާރިޔާންގެ ވެބް ސީރީޒް ގެ ޝޫޓިން ފެށި އިރުގައި މީގެ ޕްރޮޑިއުސަރަކީ އޭނާގެ ބައްޕައެވެ. ޝާހުގެ ރެޑް ޗިލީ އެންޓަޓައިންމެންޓެވެ. ވެބް ސީރީޒް ޕްރިމިއާ ކުރާ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Gauri Khan (@gaurikhan)

ރެޑް ޗިލީޒް އެންޓަޓެއިންމަންޓުން އަންނަނީ ޖޫން މަހުގެ 2 ވަނަ ދުވަހު "ޖަވާން" ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ. އެޓްލީ ޑައިރެކްޓްކުރާ މި ފިލްމުގައި ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދާއިރު ނަޔަންތާރާ އާއި ވިޖޭ ސެތުޕަތީ މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.