އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު އިޙުތިޖާޖު ހިނގަމުން ދިޔަ ސަރަޙައްދުން ދަތުރު ކުރި މީހަކު އެއްވެސް ބެލުމެއް ނެތި އޭނާއާއެކު އިން ކުޑަ ކުއްޖެގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކުރުން ޕްރޮގްރެސިވް ކޯލިޝަނުން ކުށްވެރި ކޮށްފިައެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދުގެ ސުލްޙަވެރި އިޙުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަޙައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކުރުން އެއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭ ކަމެއް ނޫންކަމަށެވެ.
ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދެވުނު އިޙުތިޖާޖު ހިނގަމުން ދިޔަ ސަރަހައްދުން ސައިކަލެއްގައި ކުޑަ ކުއްޖަކާއެކު ދަތުރު ކުރި ފިރިހެނަކު އެސަރަޙައްދަށް މަޑުކޮށް އޭނާގެ ފޯނުން ފޮޓޯއެއް ނެގުމަށްފަހު ސަރަޙައްދުން ދިޔުމަށް މަސައްކަތް ކުރަނިކޮށް އެ ފިރިހެން މީހާގެ ސައިކަލުގައި އިން އެކުއްޖާއާއި ޙަވާލުވަނީ ކާކުތޯވެސް ބެލުމެއް ނެތި، އެކުއްޖާގެވެސް ކުރިމަތީ އެ މީހާއަށް ފުލުހުން އަނިޔާކޮށް، އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން އެއީ ވަރަށްވެސް ޒިންމާދާރުކަން ކުޑަކޮށް ފުލުހުން ހިންގި ޢަމަލެއް ގޮތުގައި ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.
A bystander near the PPM protests was arrested brutality while he was sitting on his bike with his kid. The little boy was crying so much. Currently the kid is inside PPM office for a family member to come and get him. This was done after the protest was over for maqrib prayer… pic.twitter.com/7YuBE6aLk0
— Malsha (@malshasharyf) July 7, 2023
ރާއްޖޭގެ މަގުތަކަކީ ޢާންމުންނަށް އަމާން ތަނެއް ކަމުގައި ހެދުމުގެ ޒިންމާ ޙަވާލުވެފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިނގާ ބިގާވެ ދަތުރުކޮށް އުޅޭ މީހުންނަށް ސަބަބު ނޭނގި ފުލުހުން އަނިޔާކުރަން ފެށުމަކީ މާލޭގެ މަގުތަކުގެ އަމާންކަމާމެދު ރައްޔިތުން ސުވާލު އުފައްދާނެ ކަމަކަށްވާއިރު، މިމައްސަލަ ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށްދިނުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގޮވާލަމެވެ.
ހަމައެއާއެކު މިމައްސަލައަކީ ފުލުހުންގެ މުއައްސަސާއިންވެސް ބަލަންޖެހޭ މައްސަލައެއްކަމަށް ފެންނާތީ، މިމައްސަލަ ބަލާ މިކަން ހިނގާ ދިޔަ ގޮތް ޢާންމުނާއި ޙިއްސާކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށްވެސް ވަނީ ގޮވާލާފައެވެ. އަދި މިއަދުގެ ސުލްޙަވެރި އިޙުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ ކުށެއް ނެތް އެންމެންނާއި އިޙުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަޙައްދުން ކުޑަކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި މީހާވެސް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ