ފުވައްމުލަކު ގިރާ ސަރަހައްދަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރައިފި

ފުވައްމުލަކު ގިރާ ސަރަހައްދަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރައިފި

Author
މުޙައްމަދު ޝަޒައިމް
07 ޖުލައި 2023 09:09
0

ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރައި، އަރި އަޅާލައިފިއެވެ.

ފުވައްމުލަކު ގިރާ ސަރަހައްދަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރާފައި މިހާރު އާއްމުވެފައިވާ ފޮޓޯތަކުން ފެންނަނީ އެ ބާޖު އަރިއަޅާލާފައި އޮތް ތަނެވެ. މިހާރު ބާޖު ފުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުވައްމުލަކު ސިޓީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޑެންމާކްގެ ހޯގާޑު ކުންފުންޏާއެވެ. އެ ކުންފުންޏާއި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އެ ސިޓީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާއިރު، އެ ސަރަހައްދުގެ ތޮށިލުމުގެ މަސައްކަތް ކުރާ ސަރަހައްދަށް، އެތަނުގެ މަސައްކަތަށް ބޭނުންވާ ހިލަށް ހިފައިގެން ދިޔަ ބާޖު ވަނީ ފަރަށް އަރައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.