ޖޭޕީގެ ކެމްޕެއިން މެކުހަށް ޖަހައިފި، ފޯރީގައި ކުރިއަށް!

ޖޭޕީގެ ކެމްޕެއިން މެކުހަށް ޖަހައިފި، ފޯރީގައި ކުރިއަށް!

Author
މުޙައްމަދު ޝަޒައިމް
06 ޖުލައި 2023 10:16
0

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ ރޭހުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ކެމްޕެއިން މެކުހައްޖަހައި، ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފިއެވެ.

ރިޔާސީ އިންތިޚާބަށް ދެ މަހަށް ވެފައިވާއިރުވެސް ފެނިގެންދަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަސް ހަމަ ހިމޭންކޮށް އޮތްތަނެވެ. އެންމެ ބޮޑު ދެ ޕާޓީން އިންތިޚާބުގެ ކެމްޕެެއިންގެ ކަންކަން ލޮނު މަޑުކޮށް ކުރިއަށް ގެންދިޔަ ނަމަވެސް ޖުމްހޫރީ ޕާޓީ ވަނީ ބޮޑު ޢީދުގެ ފުރަތަމަ ދުވަހުން ފެށިގެން ކެމްޕެއިން ހަރަކާތްތައް އަތޮޅު ތެރޭގައި ފަށާފައެވެ.

އަތޮޅު ތެރޭގެ ޚާއްސަކޮށް އިތުރުގެ ކެމްޕެއިނާއި ހަވާލުވެ އިސްކޮށް ތިއްބެވި، ދެ އަމީނާއި، އެބޭފުޅުންގެ ޓީމުތަކާއިއެކު ފޯރީގައި ރަށަކަށްފަހު ރަށެއް އަތޮޅަކަށްފަހު އަތޮޅަކަށް ދަނީ އަރައި ޤާސިމްގެ ވައުދުތަކާއި، ޤާސިމް ހޮވަންޖެހޭ ސަބަބުތައް ސާފުކޮށް ދެއްވަމުންނެވެ. އަދި ރަށްރަށުގެ ރައްޔިތުންގެ ހާލު އޮޅުންފިލުގައި ހުރި ދަތިތައްވެސް ދަނީ ރައްޔިތުންގެ ކައިރިން ސާފު ކުރަމުންނެވެ.

އަތޮޅު ތެރެއަށް ޖޭޕީގެ ޓީމުތަކުން ކުރާ ދަތުރުތަކުގައި ފުރަތަމަ ދިޔައީ، ބ.އަތޮޅުގެ ރަށްތަކަށެވެ. މިހާރު ޓީމުތައް ހަރަކާތްތެރިވަނީ ރ.އަތޮޅުގައެވެ. އަތޮޅު ތެރެއާއިއެކުއެކީ މާލޭގައިވެސް ޖޭޕީގެ ޓީމުތައް ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ހުޅުމާލެއާއި، މާލޭގައިވެސް ކެމްޕެއިން ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

ގާސިމްގެ އަތޮޅުތެރޭގެ ކެމްޕެއިން ފަށައި ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ މި ޓީމު ބ. އަދި ރ.އަތޮޅަށް ދަތުރު ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. މި ދަތުރުގައި ޓީމުން ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ޙަރަކާތްތައް ކުރިއަށްދާގޮތާއި މެދު މަޝްވަރާކުރާނެ ކަމަށް ޖޭޕީން ބުނެއެވެ. އަދި ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުމާއި ރައްޔިތުންގެ ޝަކުވާތަށް ދެނެގަތުމަށް މި ޓީމުން ރަށްރަށުގެ ޓީމްތަކާއިއެކު މަޝްވަރާކޮށް ގާސިމަށް ހޯދުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ ކަމަށް ޖޭޕީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.