ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ޝިޢާރަކަށް "ދިވެހީންގެރާއްޖެ" ހަމަޖައްސައިފިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތައް ފަށާފައިވާއިރު ރަސްމީ ސްލޯގަން އަދި ޑިޒައިން އެޕާޓިން ކަނޑައަޅާ ވަނީ އާންމުވެސް ކޮށްފައެވެ.
"ދިވެހިންގެރާއްޖެ" ސްލޯގަންއާއި ގުޅޭގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިއަދު އޮތީ ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދޭން ޖެހިފައި ކަމަށެވެ. އަދި އެކަން ކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
ރައީސް ޔާމިންގެ ކެމްޕޭން ޝިއާރު އާންކޮށް، އިދިކޮޅު ޕީޕީއެމް މާލޭގައި ކެމްޕޭން ބައެއް ހަރަކާތްތައް ކުރިޔަށް ގެންދިޔަ ނަމަވެސް އަދިވެސް ރަށްތަކަށް ދަތުރު ފަށާފައި ނުވެއެވެ. މިގޮތުން ފާއިތުވި އީދު ބަންދަށް ފަހު ކެމްޕޭން ހަރަކާތްތައް ފަށާނެކަމަށް އެޕާޓީން ބުނެފައިވި ނަމަވެސް، އީދު ބަންދަށްފަހުވެސް އެޕާޓީއަށް ކެމްޕޭންގެ ނަމުގައި ބޭއްވިފައިވަނީ މާލޭގެ ދޮރުން ދޮރަަށް ހިނގުމަށް ބޭއްވި ހަރަކާތެއް އެކަންޏެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިދިކޮޅު ޕީޕިއެމްގައި ކެމްޕޭން ކުރާނެ ފައިސާއެއް ނެތެވެ. އަދި ރައީސް ޔާމިންގެ އެކައުންޓުގައި ސިޔާސީ ހަރަކާތައް ހިންގުމަށް ލިބިލެއްވި ކަމަށް ވިދާޅުވާ 100 މިލިއަން ރުފިޔާ ހުރިނަމަވެސް އެފައިސާއިން ސިޔާސީ އެއްވެސް ހަރަކާތަކަށް ޚަރަދު ކުރައްވަމުންނެއް ނުދެއެވެ.
ކޮމެންޓު ފޮނުވާ