ޕްރިޔަންކާ "ޖީ ލޭ ޒަރާ" ދޫކޮށްލައިފި

ޕްރިޔަންކާ "ޖީ ލޭ ޒަރާ" ދޫކޮށްލައިފި

ލީޑުން ބޮލީވުޑްގެ އޭ ލިސްޓްގެ އަންހެން ތަރިންތަކެއް ފެނިގެންދާ ފިލްމް "ޖީ ލޭ ޒަރާ" އިން އޭގެ ލީޑުން ފެނިގެންދާ އެއް ބަތަލާ ހޮލީވުޑް/ ބޮލީވުޑް ބަތަލާ ޕްރިޔަންކާ ވަކިވެފައިވާ ކަމަށް އަނެއްކާ ވެސް އަޑު އަރައިފި އެވެ.

މި ފިލްމް އަކީ ރޯޑް ޓްރިޕެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ލީޑުން ފެނިގެންދާނީ ޕްރިޔަންކާ ޗޯޕްރާ އާއި އެކުގައި އާލިއާ ބަޓް އަދި ކެޓްރީނާ ކައިފްއެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު ފަރުހާން އަހުތަރްއެވެ.

މި ފިލްމް އިން ބަތަލާ ވަިކިވި ކަމުގެ އަޑުތަށް އަރައިފައިވާ އިރުގައި މި ފިލްމް އަކީ މިދިއަ އަހަރުގެ ކުރީކޮޅުގައި އިއުލާން ކޮށްފައިވާ ފިލްމްއެކެވެ. ނަމަވެސް އަދި ވެސް މިހާތަނަށް ފިލްމްގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިއެއް ނުވެއެވެ.

ފިލްމު މިދިޔަ އަހަރު ވަނީ އާލިއާ ބަލިވެއިނުމާ ގުޅިގެން ފަސްކޮށްފަ އެވެ. އޭގެ ފަހުން އެ ތިން ތަރިން އެހެން މަސައްކަތްތަކުގައި އަވަދިނެތި އުޅެމުންދާ އިރު، ރިޕޯޓްތައް ބުނާ ގޮތުގައި، މިހާރު ފަރްހާން ވެސް ވަނީ އެހެން ކަމަކަށް ސަމާލުކަން ދޭން ގަސްދުކޮށްފަ އެވެ. އެއީ އެކްޓިންއަށް އެނބުރި ދިޔުމެވެ. އެއީ  ފަރުހާނަށް އާމިރު ޚާން ހުށަހެޅި ސްޕެއިންގެ ފިލްމު "ޗެމްޕިއަންސް" ގެ ހިންދީ ރިމޭކް އޭނަ ކުޅެން ނިންމާފައިވުމެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

ނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. އަނެއްކޮޅުން "ޖީ ލޭ ޒަރާ" ގެ މަސައްކަތް ފެށުން ލަސްވާތީ، މި ފިލްމްގެ ތަރިން އިތުރު މަސައްކަތަށް ވަގުތު އަންނަނީ ދެމުންނެވެ.

ފާއިތުވި ދެ މަހުގެ ތެރޭގައި ފަރުހާން ވަނީ "ޖީ ލޭ ޒަރާ" ޝޫޓްކުރާނެ ލޮކޭންޝަންތަކެއްހޯދުމަށް ދަތުރުތަކެއް ވެސްކޮށްފަ އެވެ. ޕްރިޔަންކާ ފިލްމްއިން ވަކިވި ވާހަކަ ދެކެވޭ އިރުގައި އެދެމީހުންނަކީ ވަރަށް ގާތް ދެ ރަހުމަތެރިންނެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

އެގޮތުން "ޖީ ލޭ ޒަރާ" ގެ ޑައިރެކްޓަރު ފަރުހާނަކީ ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ބޮލީވުޑްގެ ފިލްމު 2019 ގެ "ދަ ސްކައި އިޒް ޕިންކް" ގެ ބަތަލުކަމެވެ. ފަރުހާން ޑައިރެކްޓްކުރި "ޑޮން" ދެ ފިލްމުގެ ބަތަލާގެ ރޯލު ވެސް ޕްރިޔަންކާ ކުޅެފައިވެ އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *