އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޓްރެއިލާ ބެލުންތެރިންނަށް މާދަމާ ދޫކޮށްލާނެ ކަމަށް ހަބަރުތަށް ބުނެފިއެވެ.
މިކަން ނޫސްތަކުން ހާމަ ކޮށްފައިވަނީ ފިލްމް ގެ ލީޑުން ފެނިގެންދާ ބަތަލާ އާލިއާ ބަޓް އާއި ހަވާލާ ދީއެވެ. މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫހެއް ކަމުގައި ޕިންކް ވިލާގައި ބުނެފައިވާ ގޮތުގައި މި ފިލްމް ގެ ޓްރެއިލާ މިމަހުގެ 4 ވަނަ ދުވަހުގައި ބެލުންތެރިންނަށް ދޫކޮށްލާނެއެވެ.
އާލިއާގެ ވީޑިއޯ އާއި އެކުގައި މިކަން ހާމަކޮށްފައިވާ އިރުގައި އާލިއާ އަތުން 4 ދައްކައިލާ ތަށް ފެނިގެންދެއެވެ. ބޫމަރޭއެއްގެ ގޮތަށް ނަގައިފައިވާ މި ވީޑިއޯ ކޮޅަކީ މީގެ ދެދުވަހެއް ކުރިން އާލިއާ ބަިއވެރިވި އިވެންޓެއްގެ ތެރޭގައި ނަގައިވާ ވީޑިއޯ ކޮޅެކެވެ.
މި ފިމްގެ ދިގު ޓީޒާއެއް ވެސް އަދި ފިލްމްގެ ފުރަތަމަ ލަވަވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފައިއެވެ. މި ފިލްމް އަކީ މި އަހަރުގެ ވަރަށް އުންމީދީ ފިލްމްއެކެވެ. މީގެ އިތުރުން މި ފިލްމް އަކީ ދުވަސްގަނޑަކަށް ފަހު ކަރަން ޖޯހަރު ޑައިރެކްޓް ކުރާ ފިލްމްއެއް ވެސްމެއެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފިލްމަކީ 2016 ވަނަ އަހަރު ކަރަން ޑައިރެކްޓު ކުރި، އަނުޝްކާ ޝަރްމާ އަދި ރަންބީރް ކަޕޫރް އަދި އައިޝްވާރްޔާ ރާއި ފެނިގެންދިއަ ފިލްމު، "އޭ ދިލްހެ މުޝްކިލް" އަށް ފަހު އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.
އަންނަ މަހުގެ 28 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ރޮމޭންޓިކް ކޮމެޑީ އަކީ މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާކުރާ ބޮލީވުޑް ފިލްމެވެ. މި ފިލްމް އަކީ ތިނެސްކަން ލޯބީގެ ވާހަކައެއް ގެނެސްދޭނެ ފިލްމްއެކެވެ.
މި ފިލްމް ގެ ލީޑުން ފެނިގެންދާނީ މަޝްހޫރު ބޮލީވުޑްގެ ދެތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންވީރު ސިންގްއެވެ. އެ ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭގައި ދަރުމެންދުރަ އާއި ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން ވެސް ހިމެނެ އެވެ.