"ދަ ކްރޫ" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

"ދަ ކްރޫ" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
03 ޖުލައި 2023 08:03
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާއިން ތަކެއް ލީޑުން ފެނިގެންދާނެ ފިލްމް އެއް ކަމުގައިވާ "ދަ ކުރޫ" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ.

ދާދި ފަހުން ޝޫޓިން ނިންމައިލި "ދަ ކްރޫ" އަންނަ އަހަރުގެ މާޗް 22 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ. މި ފިލްމް އަކީ ލީޑުން ކަރީނާ ކަޕޫރު އާއި ތައްބޫ އަދި ކްރިތީ ސެނޮން ފެނިގެންދާ ފިލްމްއެކެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ތިން އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ކާސްޓްގައި ޒުވާން ބަތަލާ ކްރިތީ ސެނަން އާއި ތަޖުރިބާކާރު އެކްޓަރު ދިލްޖީތު ދޮސަންޖާއި އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ވެސް ފެންނާނެ އެވެ.

"ދަ ކްރޫ" އަކީ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ އަންހެނުންތަކަކަށް ބިނާކޮށް ހަދާ އެއްޗެކެވެ. ރާޖޭޝް ކްރިޝްނަން ޑައިރެކްޓް ކުރާ "ދަ ކުރޫ " އަކީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް އެކުގައި ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.