ހައި ކޯޓުން ޔާމީންގެ އިސްތިޢުނާފީ މައްސަލަ ބުދަ ދުވަހަށް ތާވަލުކޮށްފި

ހައި ކޯޓުން ޔާމީންގެ އިސްތިޢުނާފީ މައްސަލަ ބުދަ ދުވަހަށް ތާވަލުކޮށްފި

ގުޅުންހުރި

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހަށް ތާވަލްކޮށްފިއެވެ.

ދަށުކޯޓުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު އިއްވި ހުކުމުގައި ރައީސް ޔާމީން ޖަލަށް ލުމުގެ އިތުރު ލޯންޑަރކުރި 52 މިލިއަން ރުފިޔާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ވަނީ އަމުރުކޮށްފައެވެ. ހައި ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ ޝަރީއަތް އަވަސްކުރުން ޔާމިނަށް މުހިންމުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ އެ ހުކުމުން ސަލާމަތްވެގެން ކަމަށް ވާތީއެވެ. އެހެންވެ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮއްވައި މައްސަލަ ނިންމުމަށް އިދިކޮޅު ޕީޕީއެމްއިން ވެސް އަންނަނީ ގޮވާލަމުންނެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ތިން ވަނަ ދުވަހަށް ބަންދުވާނެއެވެ. ޖިނާއީ ދައުވާއެއް ސާބިތުވެފައި އޮތުމަކީ އިންތިހާބުގައި ކުރިމަތިލުމަށް އޮތް ހުރަހެކެވެ.

ވ. ޢާރަށުގެ މައްސަލައިގެ އިތުރުން ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފި ކުށުގައި ޔާމީންގެ މައްޗަށް ދައުވަ ކުރާ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލްކޯޓުގައި އަންނަނީ ހިނގަމުންނެވެ. މި މައްސަލާގައި ދައުލަތުން ކުރާ ދައުވާގައިވަނީ ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަގާ އެ ފައިސާ ސަން ސިޔާމްގެ 2 ކުންފުންޏެއް މެދުވެރިކޮށް ލޯންޑަރކޮށްފައިވާކަމަށެވެ.

ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި އެޕާޓީން ޓިކެޓް ދީފައިވަނީ ޔާމީނަށެވެ. ޢެހެންނަމަވެސް މިހާރު ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލުގެ ހުކުމާއި ގުޅިގެން ރިޔާސީ އިންތިހާބުގެ ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށްވަނީ ހަނިވެފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ފަރާތްތަކުން ކުރިމަތިލުމަށް މިމަހު 23 ވަނަ ދުވަހު ހުޅުވާލާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ