އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކުހުން ދައުލަތަށް 947 މިލިއަން ރުފިޔާ

އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކުހުން ދައުލަތަށް 947 މިލިއަން ރުފިޔާ

Author
އަޒްފާ ރަޝީދު
02 ޖުލައި 2023 11:50
0
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކުހުން ދައުލަތަށް 947.4 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޭޑީއެފްގެ ގޮތުގައި 480.9 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި 466.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއާޕޯޓު ޓެކުހުން ދައުލަތަށް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ 26.5 އިންސައްތަ އިތުރުވުމެކެވެ.

އޭޑީއެފްގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 480.9 މިލިއަން ރުފިޔާއެވެ. އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނީ 466.5 މިލިއަން ރުފިޔާއެވެ.

އޭޑީއެފްގެ ގޮތުގައި 870.6 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 870.6 މިލިއަން ރުފިޔާ މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.