ކާމިޔާބު ފްރެންޗައިޒް ފިލްމު "ހައުސްފުލް" ގެ 5 ވަނަ ފިލްމު އިއުލާންކޮށްފި އެވެ.
ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ގެނެސްދިން "ހައުސްފުލް" ފްރެންޗައިޒްގެ ފިލްމް ތަކަކީ ބޮކްސް އޮފީހުގައި އަދި ބެލުންތެރިންގެ މެދުގައި ވެސް ވަރަށް ކާމިޔާބު ފިލްމްތަކެކެވެ. އެގޮތުން މީގެ 4 ވަނަ ފިލްމްއަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމްއެކެވެ.
މި ފްރެންޗައިޒް ގެ ލީޑުން ފެނިގެންދާ ބޮލީވުޑްގެ އެކްޓްރު އަކްޝޭ ކުމާރު ވަނީ "ހައުސްފުލް 5″ އޭނާގެ ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައިއެވެ. ފިލްމުގެ ފަސްޓްލުކް ޕޯސްޓަރާ އެކީ ބުނެފައި ވަނީ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ނޮވެެމްބަރުގައި ފާހަގަކުރާ ދިވާލީ ތެރޭގައި ކަމަށެވެ.
ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި، ނަދިއަދުވާލާ ގްރޭންޑްސަންގެ "ހައުސްސްފުލް 5″ ގެ ޑައިރެކްޝަނާ މި ފަހަރު ހަވާލުވެފައި ވަނީ ތަރުން މަންސުކާނީ އެވެ.
"ހައުސްފުލް" ގެ ކޮންމެ ފިލްމެއްގައި އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް ހިމެނުނު ނަމަވެސް، ކޮންމެ ފަހަރަކު ވެސް ފިލްމުގެ ލީޑް ކާސްޓަށް ބޮޑު ބަދަލެއް އާދެ އެވެ. ހަތަރު ވަނަ ބައިން ފެނިގެން ދިޔަ ތަރިންގެ ތެރޭގައި ބޮބީ ޑިއޯލް އާއި ކްރިތީ ސެނަން އާއި ކްރިތީ ކަރްބަންދާގެ އިތުރުން ޕޫޖާ ހެގްޅޭ އެވެ.
"ހައުސްފުލް" ފްރެންޗައިސްގެ ފުރަތަމަ ފިލްމު ނެރުނީ 2010 ގަ އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ލިބިފައިވެ އެވެ.
ކޮމެންޓު ފޮނުވާ