އދގެ އާންމު މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު

މުޞްޙަފުގައި ރޯކުރުމަކީ ބަލައި ނުގަނެވޭނެ، ދީނާ ޚިލާފު ހުތުރު އަމަލެއް: ސަރުކާރު

މުޞްޙަފުގައި ރޯކުރުމަކީ ބަލައި ނުގަނެވޭނެ، ދީނާ ޚިލާފު ހުތުރު އަމަލެއް: ސަރުކާރު

އަޟުޙާ ޢީދާ ދިމާކޮށް ސްވިޑެންގައި އަނެއްކާވެސް މުޞްޙަފެއްގައި ރޯކޮށްލާ، އިސްލާމްދީނާއި މުސްލިމުންނަށް ފުރައްސާރަކުރިކުރުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިންގޭ މިފަދަ ޢަމަލުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންގެ ދީނީ އިޙްސާސްތަކަށް ގެއްލުންދޭ ވަރަށް ދަށު ދަރަޖައިގެ ޢަމަލުތަކެއްކަމަށެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަކުރުމަށް ހިންގޭ މިފަދަ ޢަމަލުތަކުގެ ސަބަބުން ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އަސާސްތައް ދަމަހައްޓަން ކުރާ ހުރިހާ މަސައްކަތްތަކަށް ބުރު އަރާކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.

މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢުގެ ސުލްހަމަސަލަސްކަމަށް ހުރަސްއެޅި، ނަފްރަތާއި ހަރުކަށި ފިކުރު އިތުރުކުރުވުމަށް މަގުފަހިވާކަމަށްވެސް އެބަޔާނުގައިވެއެވެ. އަދި އިސްލާމް ދީނާ ޚިލާފު މިފަދަ ހުތުރު އަމަލުތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލާކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ސްވިޑެންގައި އިސްލާމްދީނާ ދެކޮޅު ބަޔަކު އަނެއްކާވެސް ކީރިތި ޤުރުއާނުގެ މުޞްޙަފަކަށް ގެއްލުންދީ، ރޯކޮށްލާފައިވަނީ އަޟުޙާ ޢީދު ދުވަހު ވެރިރަށް ސްޓޮކްހޯމްގައި ހުންނަ މިސްކިތެއްގެ ކުރިމަތީގައެވެ. ޓެރެރިޒަމްގެ އަމަލެއްގެ ގޮތުގައި މުސްލިމުން ސިފަކޮށްފައިވާ މި އަމަލާ ގުޅިގެން ސްވިޑެންގެ މުސްލިމުންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މުޞްޙަފުގައި ރޯކޮށްލި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި، އޭނާއާ ދެކޮޅަށް ދަޢުވާ އުފުލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މުސްލިމުންނާއި ދެކޮޅަށާއި ސްވިޑެންގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ގޮވައިލާ އެ ޤައުމުގެ ހައްދުފަހަނަ އެޅި ޖަމާޢަތްތަކުން ދާދިފަހުން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. ޢީދު ދުވަހު ވެސް މުޞްޙަފުގައި ރޯކޮށްލާފައި ވަނީ އެ ފަދަ މުޒާހަރާއެއްގެ ތެރެއިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *