ފުވައްމުލަކު ރައްޔިތުންގެ ތަސައްވަރަކީ ޑިމޮކްރެޓްސްގެ ފަލްސަފާ: ހަސަން

ފުވައްމުލަކު ރައްޔިތުންގެ ތަސައްވަރަކީ ޑިމޮކްރެޓްސްގެ ފަލްސަފާ: ހަސަން

ގުޅުންހުރި

ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ތަސައްވަރާއި، ވިސްނުން ގުޅިފައިވަނީ ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްގެ ފަލްސަފާއާއި ކަމަށް ޑިމޮކްރެޓްސް އުފެއްދުމަށް ފޯމު ހުށަހެޅުއްވި މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް އިން ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ނިންމައި އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އެގޮތުން މިފަހަރު އެ މަޝްވަރާތައް ކޮށްފައިވަނީ ފުވައްމުލައް ސިޓީގައެވެ. ދަ ޑިމޮކްރެޓްސް، މުއައްސިސު އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިސްކޮށް ހުންނަވައިގެން ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

ހަސަން ވިދާޅުވީ ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔަ ތަނަވަސް ޚިޔާލަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުން ގެންގުޅުއްވާ ތަސައްވަރާއި، ތަނަވަސް ޚިޔާލުތަކަކީ ޑިމޮކްރެޓުން ގެންގުޅުއްވާ ފަލްސަފާކަމަށް ހަސަން ވިދާޅުވިއެވެ.

ޑިމޮކްރެޓުންގެ މެނިފެސްޓޯ އެކުލަވާލުމަށް ތިޔަ ދެއްވި ތަނަވަސް ޚިޔާލުފުތަކަށް ފަށްފަށުން ޝުކުރިއްޔާ. ފުވައްމުލަކާ މެދު ތިޔަ ގެންގުޅުއްވާ ހުޅުވިފައިވާ ތަސައްވުރަކީ ޝައްކެއްވެސް ނެތްގޮތުގައި ޑިމޮކްރެޓްސްގެ ފަލްސަފާ. ޝުކުރިއްޔާ ފުވައްމުލައް.

– ހަސަން ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ބައެއް ބޭފުޅުން ވަނީ މީގެކުރިން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެކުގައި ވެސް ސިޔާސީ މަޝްވަރާތަކާއި ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްކޮށްފައެވެ. އެކަމަކު، ވަކި ހިސާބަކުން އެ މަޝްވަރާތައް ހުއްޓިފައިވާ އިރު، އެ މަޝްވަރާތައް ކުރިއަށްދާ ތަނެއް ނުފެނެއެވެ. އަދި މިހާރު ގެންދަވަނީ އިދިކޮޅު ޕީޕީއެމްއާއިއެކުވެސް ސިޔާސީ މަޝްވަރާތައް ފަށާފައެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ހޯމަ ދުވަހު ދިނުމަށް ވަނީ ނިންމާފައެވެ. އެޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓެއް ނެރޭނެކަމަށް ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ