ރާއްޖޭގައި މިހާރު މައިދާނުގައި ޢީދުގެ ޖަމާޢަތް ފަށާގަޑި ބަދަލުކުރަން ޖެހޭ ކަމުގައި ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމައްމައު އިޔާޒު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ޢީދު ނަމާދު ކުރަން ފަށާ ގަޑިއަކީ ހެނދުނު 7:30 އެވެ. މިހާތަނަށް އައިއިރު ޢީދު ނަމާދު ކުރާ ވަގުތަށް އެއްވެސް ސަރުކާރަކުން އަދި މިހާތަނަށް ބަދަލު ގެނެސްފައި ނުވެއެވެ.
ޝައިޚު ޑރ.އިޔާޒު އިސްލާމިކް މިނިސްޓްރީއާއި، އިސްލާމިކް މިނިސްޓަރ ޑރ.ޒާހިރު ޓެގް ކުރައްވައި ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޟުޙާ ވަގުތު ޖެހުމުން ޢީދު ނަމާދުގެ ވަގުތު ޝަރްޢީ ގޮތުން ވަންނައިރު، ޒަމާނުއްސުރެ ޢަމަލުކުރަމުން އަންނަގޮތްކަމަށް ބުނެ، 7:30 ވަންދެން، ނުވަތަ އަވިގަދަވެ، މީސްތަކުންނަށް ނަމާދުގެ ސަމާލުކަން ގެއްލޭމިންވަރަށް ކަންތައްތައް ދަންދެން މަޑުކުރުމަކީ އެއްވެސް މަޞްލަޙަތެއް އޮތްކަމެއް ނޫންކަމަށެވެ.
މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ މިހާރު ޢީދު ނަމާދު ރާއްޖޭގައި ކުރާ ވަގުތަަށް ބަދަލު ގެނައުންކަމަށް ދީނީ އިލްމުވެރިޔާ އަދި މިވަގުތު މައްކާގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަމުންދާ ޑރ.އިޔާޒު ވިދާޅުވިއެވެ.
މައިދާނުގައި ޢީދުގެ ޖަމާޢަތް ފަށާގަޑި ބަދަލުކުރަން ޖެހޭ. ޟުޙާ ވަގުތު ޖެހުމުން ޢީދު ނަމާދުގެ ވަގުތު ޝަރްޢީ ގޮތުން ވަންނައިރު، ޒަމާނުއްސުރެ ޢަމަލުކުރަމުން އަންނަގޮތްކަމަށް ބުނެ، 7:30 ވަންދެން، ނުވަތަ އަވިގަދަވެ، މީސްތަކުންނަށް ނަމާދުގެ ސަމާލުކަން ގެއްލޭމިންވަރަށް ކަންތައްތައް ދަންދެން މަޑުކުރުމަކީ އެއްވެސް މަޞްލަޙަތެއް އޮތްކަމެއް ނޫން.
– ޝައިޚު ޑރ.އިޔާޒު ވިދާޅުވިއެވެ.
މައިދާނުގައި ޢީދުގެ ޖަމާޢަތް ފަށާގަޑި ބަދަލުކުރަން ޖެހޭ. ޟުޙާ ވަގުތު ޖެހުމުން ޢީދު ނަމާދުގެ ވަގުތު ޝަރްޢީ ގޮތުން ވަންނައިރު، ޒަމާނުއްސުރެ ޢަމަލުކުރަމުން އަންނަގޮތްކަމަށް ބުނެ، 7:30 ވަންދެން، ނުވަތަ އަވިގަދަވެ، މީސްތަކުންނަށް ނަމާދުގެ ސަމާލުކަން ގެއްލޭމިންވަރަށް ކަންތައްތައް… https://t.co/8gPXBy5Ljy
— Dr.Mohamed Iyaz (@dr_iyaz) June 28, 2023
މިއަހަރުގެ އަޟުޚާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޮޑު ޖަމާޢަތުގައި ވަނީ ކޮށްފައެވެ. ހހުރިހާ ރަށެއްގައިވެސް ނަމާދު ކޮށްފައިވަނީ 7:30 ގައެވެ.