އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސް އާއިއެކު އިދިިކޮޅު ޕީޕީއެމް އިން ކުރަމުންދާ މަޝްވަރާތައް ޕީޕީއެމް އޮފީހުގައި ބާއްވަން ފަށައިފިއެވެ.
އިއްޔެ އިން ފެށިގެން ކުރިއަށްދާ މިބައްދަލުވުންތަކުގައި ޑިމޮކްރެޓްސްގެ އިސް މެމްބަރުންނާއި، ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެއެވެ. މިބައްދަލުވުންތަކުގައި ޕީޕީއެމްގެ ފަރާތުން އިސްކޮށް ބައިވެރިވަނީ ނައިބް ރައީސް އަހުމަދު ޝިޔާމްއެވެ.
މިމަޝްވަރާތަކާއި ގުޅޭގޮތުން ޕީޕީއެމްގެ ސެނެޓުގެ ބައެއް މެމްބަރުން ވަނީ މިއީ އެޕާޓީގެ ސިޔާސަތު ރާވާ އެންމެ މުހިންމު އެއް ގުނަވަން ކަމަށްވާ ޕާޓީގެ ސެނެޓްގެ އެއްވެސް މަޝްވަރާއެއް ނެތި، ޕާޓީގެ "ދެތިން މީހެއްގެ ވިސްނުމަށް" އެކަނި މިފަދަ މުހިންމު ނިންމުމެއް ނިންމާ ތަންފީޒު ކުރާން ފެށުމުގެ ކަންބޮޑުވުން އޮތް ކަމެއްކަމަށް ބުނެފައެވެ.
މިވާހަތަކާއި ގުޅިގެން ޝިޔާމް ވިދާޅުވި މިއީ އެއްވެސް ހަގީތެއް ނެތް ވާހައެއްކަން މިއަދުގެ ބައްދަލުވުމުންވެސް ހާމަވާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކާއި، އަދި ފިކުރުތަކާއިއެކު ބާއްވާ ބައްދަލުވުންތައް ބާއްވަނީ ޕީޕީއެމްގެ ރަސްމީ އޮފީހުގައިކަމަށް ޝިޔާމް ވިދާޅުވިއެވެ.
Progressive Congress Coalition aai @TheDemocratsMV aa eku kuriah dhaa mashvaraa badhdhalvun pic.twitter.com/v2Fisrh7MW
— Progressive Party of Maldives (@ProgressPartyMV) June 26, 2023
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި، ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އެކީގައި ސިޔާސީ މަސައްކަތް ކުރަން ފަށާއިރު، ދެ ފަރާތުގެވެސް އެންމެ މުހިންމު ކަމަކަށް އޮތީ މިހާރު އޮތް ވެރިކަން ބަދަލު ކުރުންކަމުގައި ޕީޕީއެމްއާއި، ދަ ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ. ޑިމޮކްރެޓްސް އާއި ޕީޕީއެމް އެކީގައި މަސައްކަތް ފަށާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ރާވާފައެވެ.
ކޮމެންޓު ފޮނުވާ