މިއަހަރަކީ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް މީހުން ހައްޖުވާ އަހަރު

މިއަހަރަކީ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް މީހުން ހައްޖުވާ އަހަރު

ގުޅުންހުރި

މިއަހަރަކީ ރެކޯޑު އަދަދަކަށް މީހުން ހައްޖަށް ދާ އަހަރެއްކަމުގައި ސައުދީ އަރަބިއާގެ ރަސްމީ ފަރާތްތަކުން ބުނެފިއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީއަށް ދަތުރުކޮށްފައިވާ ހައްޖާޖީންވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް މިހަފްތާގެ އާދީއްތަ ދުވަހު ފަށާފައެވެ.

"މިއަހަރު ފެނިގެންދާނެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް މީހުން ހައްޖުގެ އަޅުކަން އަދާކުރާ ތަން،" ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

2020 ވަނަ އަހަރުން ފެށިގެން ދުނިޔެއަށް ކުރިމަތިވި ކޯވިޑް ކާރިސާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައި ވުމާއެކު، މިއަހަރު 2.5 މުސްލިމުން ހައްޖުގެ އަޅުކަން ފުރިހަމަ ކުރާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވަނީ އެންމެ 10،000 މީހުންނަށެވެ. ޖެހިގެން އައި 2021 ވަނަ އަހަރު 59،000 މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވާއިރު، 2022 ވަނަ އަހަރު ފުރުސަތު ދީފައިވަނީ 1 މީހުންނަށެވެ.

ހައްޖާޖީން ވަނީ އާދީއްތަ ދުވަހުގެ ހަވީރު މިނާއަށް ދަތުރު ފަށާފައެވެ. އެއީ މައްކާގައި ހުންނަ އަލް މަސްޖިދުން ހަރަމްއިން ފެށިގެން 8 ކިލޯ މީޓަރުގެ ދަތުރެކެވެ. މިނާއަށްފަހު ދެން ހައްޖާޖީން ދަތުރު ކުރާނީ އަރަފާތު ބިމަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާއިރު ހޫނުމިން ހުންނާނީ 45 ޑިގްރީގައެވެ. ސައުދީ އަރަބިއާގެ މުވައްސަސާތަކުން ބުނެފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން ކުރިމަތިވާ ހާލަތްތަކަށް ތައްޔާރަށް 32،000 ހެލްތު ވާރކަރުންނާއި އެތައް ހާސް އެމްބިއުލާންސެއް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ