ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީފި

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީފި

Author
މުޙައްމަދު ޝަޒައިމް
25 ޖޫން 2023 12:10
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމް.ޑީ.ޕީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ދަ ޑިމޮކްރެޓިސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދުވަހު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަފައިވާކަމަށެވެ. މިކަން އެޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ.ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް އަންގާފައިވާނެކަމަށެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދުވަހު ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާނޭ ކަމުގައި، ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް މިހާރުވާނީ ދަންނަވާފައި.

– ހަބީބް ވިދާޅުވިއެވެ.

ކޮމިޝަންގެ ތެރޭގައި ޚިޔާލް ތަފާތުވެފައި އޮތް މިމައްސަލާގައި މެމްބަރުން ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް ވަނީ އެދެވިފައެވެ. އަދި ކޮމިޝަންގެ އިތުރު ޖަލްސާއެއް ނުބޭއްވި ކަމުގައި ވީނަމަވެސް ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން އިލެކްޝަނުން ވަނީ ނިންމާފައެވެ. ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ޑިމޮކްރެޓްސް އުފައްދުމުގެ ޖަލްސާ ބާއްވާން ދެކޮޅު ހެއްދެވީ ކޮމިޝަންގެ މެމްބަރު ނަޝާތާއި، އާސިފެވެ.

ފޯމުތައް ޑަބަލް ޗެކް ކުރުމަށް ބޭނުންވާކަމަށް ބުނުމުން، އިލެކްޝަނުން ދެ ފަހަރެއްގެ މަތީން ފޯމުތައް ޗެކްކުރި އިރުވެސް ފޯމުތަކުގައި އެއްވެސް މައްސަލައެއް ނެތެވެ. އިލެކްޝަނުން މިހުއްދަ ދޭން ނިންމުމާއިއެކު ދަ ޑިމޮކްރެޓްސް އަށް ކުރިއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނެރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީ ތެރެއިން އުފެދިގެންއައި ސިޔާސީ ހަރަކާތަކަށްވުމުން، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ސިޔާސީ ގޮތުން ކުރިމަތިވާނެ އެންމެބޮޑު ހުރަހެވެ. ޑިމޮކްރެޓްސްގެ ސިޔާސީ މަސައްކަތް ފަށާފައިވާއިރު، އެމްޑީޕީގެ ރައީސް ކަމުގެ މަޤާމުންނާއި މެމްބަރު ކަމުން ރައީސް ނަޝީދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.