ޑިމޮކްރޭޓުންނަކީ ކޮބައިކަން ޒުވާނުންނަށް ބުނެދެނީ

ޑިމޮކްރޭޓުންނަކީ ކޮބައިކަން ޒުވާނުންނަށް ބުނެދެނީ

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2023 03:38
0

ޑިމޮކްޜޭޓުންނަކީ ކޮބައިކަން ބުނެދިނުމާއި ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް، ރައީސް މުހައްމަދު ނަޝީދު އުފެއްދެވުމަށް މަސައްކަތްކުރައްވާ ދަ ޑިމޮކްރޭޓްސްއިން ވޯކްޝޮޕްތަކެއް ކުރިޔަށް ގެންދަން ފަށައިފިއެވެ.

މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ޖޫން މަހުގެ 17 ވަނަ ދުވަހު ހެންވޭރު މައިޒާން ދޮށުގޭގައެވެ. ދެވަނަ ބައްދަލުން ބުދަ ދުވަހުގޭ ބާއްވާފައިވާއިރު މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި ބުނެދެވެނީ ޑިމޮކްރޭޓުންގެ މަގްސަދުތަކާއި އެމްޑީޕީ ދޫކޮށް ޑެމޮކްރޭޓްސް އުފައްދަން ޖެހުނު ސަބަބު ބުނެ ދިނުންކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

މީގެ އިތުރުން ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ޑެމޮކްރޭޓުންގެ އިސް ބޭފުޅުންވަނީ ހޯއްދަވާފައެވެ. އަދި ޒުވާނުންގެ ސުވާލުތަކަށް ޖަވާބު އަރުވާފައިވެއެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ޑެމްކޮރޭޓްސްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާއާއި އެމްޑީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން މަޑަވެލިދާއިރާގެ މެމްބަރު ހުސައިން ފިރުޝާންއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުންގެ ކޯރަމް ހަމަނުވެ ހުއްދަ ދިނުން އޮތީ މަޑު ޖެހިފައެވެ. ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތެރިވާ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ ހަފްތާގައި އެމްޑީޕީން ވަކިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިމިނަ
ޑިމޮކްރޭޓުންނަކީ ކޮން ބަޔެއްކަން މުޅި ދުނިޔެއަށް ވެސް އިނގެއެވެ. ނޫސް ތަކުގެ ފަލަ ސުރުޚީގައި މިހާރުވެސް އެއީ އެލްޖީބީޓީއަށް ފުރިހަމައަށް ސަޕޯޓް ކުރާ އެމީހުންގެ ހައްގުތަކަށް އެންމެ ބޮޑަށް މަސައްކަތްކުރާ ޕާރޓީކަން އެންމެނަށް އިނގެއެވެ. އެމެރިކާއެކޭ ރާއްޖެއެކޭ މިމީހުންގެ އެއްވެސް ތަފާތެއް ނުފެންނާނެކަން އިނގެނީ މިހާރުވެސް އޭގެ މުގުލުގައި ތިބި މީހުންނަކީ ކޮން ބަޔެއްކަން އެނގޭތީއެވެ.