ބޮލިވުޑްގެ ފިޓް އެކްތަރުގެ ގޮތުގައި މަޝްހޫރު ޖޯން އަބްރަހަމް ގެ ކުރިއަށް އޮތް ފިލްމް "ވެދާ" ގެ ބަތަލާއަކަށް ޝަރުވާރީ ވާގް ހިމަނައިގެން އޭގެ ޝޫޓިން ފަށައިފި އެވެ.
27 އަހަރު ބަތަލާ ބޮލީވުޑްއަސް ތައާރަފްވީ 2021 ވަނަ އަހަރުގެ ފިލްްމް ""ބަންޓީ އޯރް ބަބްލީ 2″ އިންނެވެ. ޒުވާން ބަތަލާ އަށް އަންނަނީ ބޮޑެތި ތަރިންނާއި އެކުގައި ފިލްމް ކުޅުމުގެ ފުރުސަތު ލިބެމުންނެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ބޮލީވުޑް އަށް ތާރަފްވި ބަތަލާ އަށް ވަނީ އެ ސްޓޫޑިއޯއިން މިހާރު ހަދަމުން އަންނަ ފިލްމް "ޓައިގާ ވާސަސް ޕަތާން" އިން ވެސް ފުރުސަތު ލިބިފައި ކަމަށް ހަބަރުތަށް ބުނެއެވެ.
"ވެދާ" ޑައިރެކްޓަރަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ނިކިލް އަދުވާނީ އެވެ. މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ. "ކަލް ހޯ ނަ ހޯ" އާއި "ސަލާމޭ އިޝްގު" އަދި "ޑީ-ޑޭ" ފަދަ ފިލްމުތައް ގެނެސްދިން ނިކިލްގެ އެންމެ ފަހުގެ ފިލްމަކީ ޖޯންއާ އެކީ ގެނެސްދިން 2019 ގެ "ބަތުލާ ހައުސް" އެވެ.
ކޮމެންޓު ފޮނުވާ