ދެމަފިރިން އެކުގައި ކުޅެލަން ހިތްހަމަ ޖެހޭ ވަރުގެ ފިލްމް އެއް އަދި ނުލިބޭ: އަޖޭގެ ދެމަފިރިން

ދެމަފިރިން އެކުގައި ކުޅެލަން ހިތްހަމަ ޖެހޭ ވަރުގެ ފިލްމް އެއް އަދި ނުލިބޭ: އަޖޭގެ ދެމަފިރިން

Author
ފާތިމަތު ނާވީ
23 ޖޫން 2023 03:29
0

ދެމަފިރިން ނަށް އަބަދުވެސް ފިލްމް ކުޅުމުގެ ފުރުސަތު ތަށް ލިބެމުން ދާ ކަމަށާއި ނަމަވެސް ދެން ބޭނުން ވަނީ މީގެ ކުރިން ކުޅެފައި ނުވާފަދަ ރޯލަކުން ދެމީހުންވެސް އެކުގައި ފިލްމް އަކުން ފެންނަން ކަމަށް ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމުގައިވާ އަޖޭ އާއި ކާޖޮލް ބުނެފިއެވެ.

ދެމަފިރިން އެކީގައި ރޭޑިއޯ ޗެނެލަކަށް ދިން އިންޓަވިއުއެއްގައި ބުނީ ދެ މީހުންނަށް މި ފަހުން ވެސް ވަރަށް ގިނަ ސްކްރިޕްޓްތަކެއް ލިބުނު ކަމަށެވެ. އެކަމަކު ދެ މީހުން ވެސް ހިތްހަމަޖެހޭ ވަރުގެ އެއްޗަކާ ލައްވާނުލާ ކަމަށް ބުންޏެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަމުން ދެމީހުންވެސް ބުނީ އެކުގައި ފިލްމް ތަކެއް ކުޅެވިފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ގިނަ ހަދާން ތަކެއް ކަމަށެވެ. އެދެމީހުން ބުނީ މިހާތަނަށް ވަރަށް ގިނަ ޖޯންރާތަކުގެ އެއްޗެހި ކުޅެވިއްޖެ ކަމަށެވެ. އޭގެ ތެރޭގައި ރޮމޭންސް، އެކްޝަން، ތުރިލާ، ޑްރާމާ އަދި ވަތަނީ/ތާރީހީ ފިލްމެއް ވެސް ހިމެނޭ ކަމަށް ބުންޏެވެ.

މި ދެމަފިރިން އެކީގައި އެންމެ ފަހުން ކުޅުނު ފިލްމަކީ އަޖޭ އަށް ނެޝަނަލް އެވޯޑް ވެސް ލިބުނު 2020 ގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ. ނަމަވެސް މި ފިލްމް އަށް އުންމީދު ކުރި ވަރާއި ގާތަށްވެސް ހިންގާފައިއެއް ނުވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.