ރަންބީރުގެ ދެމަފިރިން ދަރިފުޅާއި އެކުގައި ޗުއްޓީއަކަށް

ރަންބީރުގެ ދެމަފިރިން ދަރިފުޅާއި އެކުގައި ޗުއްޓީއަކަށް

Author
ފާތިމަތު ނާވީ
24 ޖޫން 2023 05:36
0

ބޮލީވުޑްގެ އެންމެ މަގުބޫލު ދެމަފިރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރު ކަޕުރު ފުރަތަމަ ފަހަރަށް އެމީހުންގެ އެއް އަހަރު ނުވާ ދަރިފުޅާއި އެކުގައި ޗުއްޓީއަށް ހިނގައްޖެ އެވެ.

އެ މީހުން ފުރަން އެއާޕޯޓަށް ގޮސް އުޅެނިކޮށް ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކެއް ވެސް މީޑީއާއިން ވަނީ އާންމު ކޮށްފައިއެވެ. އަދި ބައެއް ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައިވެސް ވަނީ ވައިރަލް ވެފައިއެވެ.

އޭގެ އިތުރުން ވެސް ދެމީހުން ވަނި މީޑިއާ އަށް ވެސް ފޮޓޯ ނެގުމުގެ ފުރުސަތު ދީފައިއެވެ. ނަމަވެސް އެމީހުންގެ ދަރިފުޅު ރަހާ މި ފޮޓޯ ތަކުން އެއްވެސް ވަރަކަށް ފެނިގެން ގޮސްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

މިދިޔަ އަހަރުގެ އެޕްރީލް 14 ގައި ކައިވެނިކުރި އާލިއާ އާއި ރަންބީރަށް ދަރިއަކު ލިބުނީ ނޮވެމްބަރު މަހުގެ 6 ގަ އެވެ. މައުލޫމާތު ލިބޭގޮތުގައި ދެމަފިރިން އަލަށް ދަރިފުޅާ އެކީ ޗުއްޓީ އަށް ދިޔައީ ދުބާއީއަށެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.