މާލޭގެ 4 ސަރަޙައްދެއްގައި އަޟްހާ އީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަމަޖައްސައިފިއެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖައްސާފައި ވަނީ މާލޭ ސްޓޭޑިއަމާއި، ހުޅުމާލޭ ސިންތަޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމާއި، ވިލިނގިލީގެ ބޯޅަދަނޑުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
އަދި މާލެއާއި ހުޅުމާލެއާއި ވިލިމާލޭ ހިމެނޭހެން އިތުރު 25 މިސްކިތެއްގައި ވެސް ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
މިގޮތުން މާލޭގެ 17 މިސްކިތަކާއި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 3 މިސްކިތަކާއި، ދެވަނަ ފިޔަވަހީގެ 2 މިސްކިތެއްގެ އިތުރުން ހުޅުލޭގެ 2 މިސްކިތަކާއި، ވިލިމާލޭގެ މިސްކިތެއް ހިމެނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މި މަހުގެ 28 ވާ ބުދަ ދުވަހެވެ.