"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޓީޒާ މިނިޓަކަށްވުރެ ދިގު

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޓީޒާ މިނިޓަކަށްވުރެ ދިގު

އަންނަ މަހު ގެނެސްދޭން ތައްޔާރުވާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޓީޒާ ދައްކާލައިފި އެވެ. ފަސްޓް ލުކް ޓީޒާ ގައި ފެނިގެން ދިއައީ ފިލްމްގެ ލީޑުން ފެނިގެންދާ ދެތަރިން ކަމުގައިވާ ރަންވީރް ސިންގް އާއި އާލިއާ ބަޓްއެވެ.

ކަރަން ޖޯހަރު ހަތް އަހަރު ފަހުން ޑައިރެކްޓުކުރާ ފުރަތަމަ ފިލްމުގެ ޓިޒާގައި އާލިއާ ބަޓް ފެނިގެންދަނީ ތަފާތު 20 ސާޅިއެއް އަޅައިގެން ހުންނަތަނެވެ. މިއާއި އެކުގައި ގިނަ ބަޔަކު ވަނީ މިކަން ފާހަގަ ކޮށްފައިއެވެ.

ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާގެ ދިގުމިނަކީ އެއް މިނެޓާއި 19 ސިކުންތެވެ. އެ ފިލްމުގެ ކޮސްޓިއުމް ޑިޒައިން ކުރަނީ ކަރަންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ އަދި އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ އެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖަޔާ ބައްޗަން، ދަރުމެންދުރާ އަދު ޝަބާނާ އާޒްމީގެ އިތުރުނުން ވެސް ސަޕޯޓިން ރޯލުތަކުން ބޮޑު ކާސްޓެއް ފެންނާނެ އެވެ. ފިލްމް އަކީ ތިނެސްކަން ލޯބީގެ ފިލްމްއެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފިލްމަކީ 2016 ވަނަ އަހަރު ކަރަން ޑައިރެކްޓު ކުރި، އަނުޝްކާ ޝަރްމާ އަދި ރަންބީރް ކަޕޫރް އަދި އައިޝްވާރްޔާ ރާއި ފެނިގެންދިއަ ފިލްމު، "އޭ ދިލްހެ މުޝްކިލް" އަށް ފަހު އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.

އަންނަ މަހުގެ 28 ގައި ސިނަމާތަކަށް ގެންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" ފަދަ މަގުބޫލުތައް ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ކަރަންގެ ވަރަށް އުންމީދީ ފިލްމްއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *