ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ސުޕަހީރޯ ފިލްމް އެއްގެ މަސައްކަތް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށް ހަބަރުތަށް ބުނެފިއެވެ.
މީޑިއާތަކުން ބުނި ގޮތުގައި "ސުޕަ ސޯލްޖާ" ގެ ނަމުގައި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ހަދަން ނިންމާފައިވާ ފިލްމާ ގުޅޭ މަސައްކަތްތަކެއް މިހާރު އަންނަނީ ކުރަމުންނެވެ. މި ފިލްްމް އަކީ 2019ވަނަ އަހަރު ހަދަން އުޅުނު ކަމަށް އަޑުތަށް އަރައިފައިވާ ފިލްމްއެކެވެ.
ނަމަވެސް އެ އަޑު މަޑުވެ ފިލްމް އަށް ވީނުވީ އެއް ނޭގި އޮތުމަށްފަހު އަނެއްކައިވެސް ފިލްމްގެ އަޑު މިވަނީ ގަދަވެފައިއެވެ. ހަބަރުތަށް ލިބޭ ގޮތުގައި މިހާރު އަލީ ޑައިރެކްޓްކުރަމުން އަންނަ ޓައިގާ ޝްރޮފާއި އަކްޝޭ ކުމާރުގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ މަސައްކަތް ނިންމާލުމަށް ފަހު، ކެޓްރީނާގެ ފިލްމުގެ މަސައްކަތް ފަށާނެ އެވެ.
ނަމަވެސް މިހާކަ ތަށް އަދި އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރު ކޮށްދީފައިއެއް ނުވެއެވެ. ސުޕްހީރޯ ފިލްމް ތަކަކީ ބޮލީވުޑްގައި ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ފިލްމް ތަކެކެވެ.
ކެޓްރީނާ މީގެ ކުރިން ވެސް އަލީ އާއި އެކުގައި ވަނީ ކާމިޔާބު ފިލްްމް ތަކެއްގައި މަސައްކަތް ކޮށްފައިއެވެ. އެއީ 2019 ގެ "ބާރަތު" އާއި 2017 ގެ "ޓައިގާ ޒިންދާ ހޭ" ގެ އިތުރުން 2011 ގެ "މޭރޭ ބްރަދާ ކީ ދުލްހަން" އެވެ.
"ސުޕަ ސޯލްޖާ" އަކީ ނެޓްފްލިކްސްއާ ގުޅިގެން ދެ ބަޔަކަށް ހަދަން ނިންމާފައިވާ އެއްޗެކެވެ. އަދި ބަޖެޓަކީ 300 ކްރޯޑް ރުޕީސް (18.3 މިލިއަން ޑޮލަރު) އެވެ.
ކޮމެންޓު ފޮނުވާ