މެމްބަރުން ބޭނުންފުޅުވާ ސުވާލުތައް ކުރުމަށް ރައީސް ޞާލިހް މަޖިލީހަށް ހާޒިރުކުރުމަށް އެދި އިދިކޮޅުގެ ސިޓީއެއް

މެމްބަރުން ބޭނުންފުޅުވާ ސުވާލުތައް ކުރުމަށް ރައީސް ޞާލިހް މަޖިލީހަށް ހާޒިރުކުރުމަށް އެދި އިދިކޮޅުގެ ސިޓީއެއް

Author
އަޒްފާ ރަޝީދު
21 ޖޫން 2023 09:14
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުންފުޅުވާ ސުވާލުތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިހުގައި އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭދަފުށި ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ބާރަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައިވާއިރު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިބޭ މީހުންނާއި ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުގެ ބާރު ޤާނޫނުއަސާސީއިން ދީފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

މެމްބަރުން މަޖިލީހަށް ފޮނުއްވި ސިޓީ

ރައީސް ޞާލިހަށް އަމާޒުކޮށް ދިވެހި ރައްޔިތުން ގިނަ ސުވާލުތަކެއް ކުރަމުންދާކަން ފާހަގަކޮށް ސިޓީގައި އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުނުހާ އަވަހަކަށް ރައީސް ޞާލިހް މަޖިލީހަށް ހާޒިރުކޮށްދިނުމަށެވެ.

މި ސިޓީއާއި އެކު ރައީސް ޞާލިހްއާއި ކުރަންބޭނުންވާ ސުވާލުތައްވެސް ފޮނުވާފައިވާއިރު މީގައި ޖުމްލަ 10 ސުވާލެއް ހިމެނެއެވެ.

އޭގެތެރެއިން 6 ސުލާލެއް ބިނާކޮށްފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުގެ މައްސަލައާ ގުޅޭގޮތުންނެވެ. އަދި އުތުރުތިލަފަޅާއި ހަނިމާދޫ އެއާޕޯޓްގެ އެއްބަސްވުން ސިއްރުކުރި މައްސަލައާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރައީސް ސޯލިހް ފައިސާ ނެންގެވިކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރެއްވި މައްސަލައިގައިވެސް ސުވާލު ކޮށްފައިވެއެވެ. މީގެއިތުރުން ކޮމަންޑޫ ދާއިރާ އަދި ގުރައިދޫ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވިކަމަށްބުނެވެސް ސުވާލު އަމާޒު ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

S Sakoon
ކަލޭމެން ދޭ ބަލަ ރައީސް އޮފީހަށް މަޖްލިސް މެމްބަރުންނަކީ ރައީސް އަށްވުރެ މަތީގަ ތިބޭ ބަޔެއް ނޫނޭ ރައްޔިތުންގެ މެމްްބަރުންނޭ ކިޔައިގެން ބައިގަނޑު އަމިއްލަ ފައިދާ ނަގަނީ. ކެނެރީގޭ ނަޝީދުވެސް ރައްޔިތުންގެ ރުޅި އިބޫގެ މައްޗަށް ބާލުވަން ވެގެން ކޮތަޅު ބިލް ފާސްކުކޮށް އެހުރީ .ވަރަށް ދެފުށްކެހެރި އަޑި ނުބައި މީހެއް .