"ރޯޔަލް" ކިޔާ ފިލްމް އަކަށް ޕްރަބާސް އާއި ސަންޖޭ

"ރޯޔަލް" ކިޔާ ފިލްމް އަކަށް ޕްރަބާސް އާއި ސަންޖޭ

Author
ފާތިމަތު ނާވީ
22 ޖޫން 2023 05:01
0

ސައުތުގެ މަޝްހޫރު އެކްޓަރު ޕްރަބާސް އާއި ސަންޖޭ އެކުގައި ފިލްމް އެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

މި ފިލްްމްގެ މަސައްކަތް މިހާރު ކުރިއަށް ދާއިރުގައި މި ފިލްްމް އަކީ ހޮރޯ-ކޮމެޑީއެއް ކަމަށް ވެއެވެ. ނަމަވެސް ފިލްމް އަޅުވާނެ ތާރީހެއް އަދި ފިލްމް އާއި ބެހޭ މާގިނަ މައުލޫމާތެއް ވެސް ހާމައެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Prabhas (@actorprabhas)

މީޑިއާތަކުން ބުނީ ތެލެގޫ ޑައިރެކްޓަރު މަރޫތީ ހަދާ މި ފިލްމުގެ ނަމަކީ "ރޯޔަލް" ކަމަށާއި މީގެ 50 ޕަސެންޓް ޝޫޓިން ވެސް ނިމިފައިވާ ކަމަށެވެ. މި ފިލްމް އަކީ ވެސް ވަރަށް ބޮޑު ބަޖެޓަކުން ހަދާ ފިލްމް އެއް ކަމަށްވެސް ވެއެވެ.

މިފަހުން ބޮލީވުޑްގެ ފިލްމް ތަށް އާންމުކޮން މިހާރު ހަދަމުން އަންނަނީ ވަރަށް ބޮޑު ބަޖެޓުން އަދި އެހާމެ ގްރޭންޑް ކޮންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ފިލްމްގެ މަސައްކަތް ވަރަށް އަވަހަށް ނިންމާނެވެ.

 

View this post on Instagram

 

A post shared by Dabboo Ratnani (@dabbooratnani)

ޕްރަބާސް ގެ ފިލްމް އެއް މިހާރުވެސް ސިންމާގައި އެބައޮތެވެ. އެއީ "އަދިޕުރުޝް"އެވެ. ނަމަވެސް މި ފިލްްމް އަށް އުންމީދު ކުރި ވަރުގެ ސަޕޯޓެއް ބެލުން ތެރިންގެ ފަރާތުން ލިބިގެން ނުދާކަމަށް ހަބަރު ލިބެއެވެ. އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓް ތަކުގެ ތެރޭގައި "ސަލާރު" އާއި "ޕްރޮޖެކްޓް ކޭ" އަދި "ސްޕިރިޓް" ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.