ކަރީނާ "ދަ ކްރޫ" ގެ ޝޫޓިން ނިންމާލައިފި

ކަރީނާ "ދަ ކްރޫ" ގެ ޝޫޓިން ނިންމާލައިފި

Author
ފާތިމަތު ނާވީ
22 ޖޫން 2023 09:31
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ކުރިއަށް އޮތް ފިލްމް "ދަ ކްރޫ" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި ފިލްމް ގެ ޝޫޓިން ކަރީނާ ފަށައިފައިވަނީ މިގެ މަހެއްހައި ދުވަސް ކުރިންނެވެ. މި ފިލްމް އަކީ ލީޑުން ހުސް އަންހެން ތަރިން ފެނިގެންދާ ފިލްމްއެކެވެ. ކަރީނާ ގެ އިތުރުން މި ފިލްމް އިން ފެނިގެން ދާނީ ކްރިތީ ސެނޮން އާއި ތައްބޫއެވެ.

ދެ ހަފުތާއެއްހާ ދުވަސް ކުރިން ގޯއާގައި ވެސް ޝެޑިއުލެއް ކުރިއަށް ގެންދިޔަ ފިލްމުގެ ޝޫޓިން ނިމުނު ވާހަކަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް ކަރީނާ ބުނީ ދެން ކުރިއަށް އޮތީ ހޫނު މޫސުމުގެ ޗުއްޓީ ކަމަށެވެ.

"ދަ ކްރޫ" އަކީ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ އަންހެނުންތަކަކަށް ބިނާކޮށް ހަދާ އެއްޗެކެވެ. ރާޖޭޝް ކްރިޝްނަން ޑައިރެކްޓް ކުރާ "ދަ ކުރޫ " އަކީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް އެކުގައި ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.