"ދަ ކްރޫ" ގައި ކަޕިލްގެ ރޯލެއް

"ދަ ކްރޫ" ގައި ކަޕިލްގެ ރޯލެއް

Author
ފާތިމަތު ނާވީ
21 ޖޫން 2023 03:54
0

ލީޑުން މަޝްހޫރު އަންހެން ތަރިން ތަކެއް ފެނިގެންދާ ފިލްމް "ދަ ކުރޫ" ގެ ރޯލެއް އިންޑިއާގެ ނަންބަރު ވަން ކޮމޭޑިއަން ގެ ގޮތުގައި މަޝްހޫރު ކަޕިލް ޝަރުމާ ސޮއިކޮށްފައި ވާކަމަށް ހަބަރުތަށް ބުނެފިއެވެ.

މި ފިލްމް އަކީ ލީޑުން ހުސް އަންހެން ތަރިން ފެނިގެންދާ ފިލްމްއެކެވެ. ކަރީނާ ގެ އިތުރުން މި ފިލްމް އިން ފެނިގެން ދާނީ ކްރިތީ ސެނޮން އާއި ތައްބޫއެވެ. މީ ވަރަށް އުންމީދީ ފިލްމްއެކެވެ.

ފިލްމް އުފައްދާ ފަރާތްތަކުން އެކަން ކަށަވަރު ކޮށް ނުދިން ނަމަވެސް ފިލްމްގެ ލީޑުން ފެނިގެންދާ އެއް ބަތަލާ ތައްބޫ ވަނީ ކަޕިލް އެ ފިލްމް އިން ފެނިގެންދާނެ ކަން އޭނާ ހިއްސާ ކުރި އިންސްޓްގަރާމް ގެ ޕޯސްޓެއްގައި ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Tabu (@tabutiful)

"ދަ ކްރޫ" އަކީ އޭވިއޭޝަން ދާއިރާގައި އުޅޭ ތިން އަންހެނަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގެ ރޯލަކުން އެކްޓަރު ދިލްޖީތު ދޮސަންޖް ވެސް ފެންނާނެ އެވެ. ރާޖޭޝް ކްރިޝްނަން ޑައިރެކްޓް ކުރާ "ދަ ކުރޫ " އަކީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް އެކުގައި ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.